Roadha Mihaaru
ހުށަހަޅާ ޝަކުވާގެ އަދަދު 90 ޕަސެންޓު މަދުވެއްޖެ

ހުށަހަޅާ ޝަކުވާގެ އަދަދު 90 ޕަސެންޓު މަދުވެއްޖެ: އެމްޑަބްލިއުއެސްސީ

01 އެޕްރީލް 2019

އެމްޑަބްލިއުއެސްސީގެ ހޮޓްލައިނުން 24 ގަޑިއިރު ހިދުމަތް ލިބޭ ގޮތަށް ބަދަލުކުރުމުން، އެ ކުންފުންޏަށް ހުށަހަޅާ ޝަކުވާގެ މިންވަރު 90 ޕަސެންޓް މަދުވެއްޖެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އެމްޑަބްލިއުއެސްސީގެ ހޮޓްލައިނުން 24 ގަޑިއިރު ހިދުމަތް ލިބޭ ގޮތަށް ބަދަލުކުރުމުން، އެ ކުންފުންޏަށް ހުށަހަޅާ ޝަކުވާގެ މިންވަރު 90 ޕަސެންޓް މަދުވެއްޖެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 105 މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ ގޮތަށް ބަދަލުކުރީ ކަސްޓަަމަރުންނަށް ދޭ ހިދުމަތް ހަރުދަނާ ކުރުމަށް ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން -- ފޮޓޯ: އެމްއެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން -- ފޮޓޯ: އެމްއެމްޑަބްލިއުއެސްސީ

"ސައުވީސް ގަޑިއިރު ހިދުމަތް ދޭ ނަންބަރަކަށް 105 ބަދަލުކުރުމުން އެމްޑަބްލިއުއެސްސީ އަށް ލިބޭ 90 ޕަސެންޓް ކޮމްޕްލެއިން މަދުވެގެން ހިނގައްޖެ،" އެމްޑީ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިދުމަތް ދޭން 24 ގަޑިއިރު މުވައްޒަފުން ތިބޭތީ، އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އާޒިމް ޝުކުރު އަދާ ކުރެއްވި އެވެ. އަދި އެ މަސައްކަތުގައި ކަސްޓަމަރުންނަށް ހިދުމަތް ދޭ ޓީމަށާއި އެތަނުގެ އައިޓީ ޓީމަށް އޭނާ ހާއްސަކޮށް ޝުކުރު އަދާ ކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި، އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ނަރުދަމާ އާއި ފެނުގެ ހިދުމަތްތަކަށް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ވެސް މިއަދު އިފްތިތާހުކުރި އެވެ. އެ ހިދުމަތް އިފްތިތާހުކުރެއްވީ ކޮމިއުނިކޭޝަންސް އަދި ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

އެމްޑަބްލިއުއެސްސީގެ ހިދުމަތް ދޭން ފެށީ 1995 ވަނަ އަހަރު 50 މުވައްޒަފުންނާ އެކު އެވެ. ފަސްދޮޅަސް ހާސް މީހުންނަށް ހިދުމަތް ދޭން ގާއިމްކުރި ނެޓްވޯކުގެ އެހީގައި މާލޭގައި އުޅޭ 200،000 އެއްހާ މީހުންނަށް އެތަނުން މިހާރު ހިދުމަތް ދެނީ 900 އަށް ވުރެ މުވައްޒަފުންގެ އެހީގަ އެވެ.