02 އެޕްރީލް 2019
ސެމްސަންގް "ގެލަކްސީ އެސް10"އާ ގުޅިގެން ކުރެވެން ފެށި ބަހުސްތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ. އެސް10ގެ ރީތިކަމާއި ފަރިކަން، ހީކުރި ވަރަށް ވުރެ ވެސް ފަރި އެވެ. ދެން އޮތީ ގެލަސްކީ ނޯޓް10ގެ ވާހަކަތަކެވެ.
ސެމްސަންގް "ގެލަކްސީ އެސް10"އާ ގުޅިގެން ކުރެވެން ފެށި ބަހުސްތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ. އެސް10ގެ ރީތިކަމާއި ފަރިކަން، ހީކުރި ވަރަށް ވުރެ ވެސް ފަރި އެވެ. ދެން އޮތީ ގެލަސްކީ ނޯޓް10ގެ ވާހަކަތަކެވެ.
ސެމްސަންގެ ފޯނުތަކަށް ލޯބިކުރާ މީހުންނަށް އަހަރަކު ދެ އީދު އާދެ އެވެ. އަހަރު ފެށޭތަނުން "ގެލަކްސީ އެސް" މަރުކާގެ ފޯނެކެވެ. އަހަރުނު ނިމުނުގެ ކުރިން "ގެލަކްސީ ނޯޓް" މަރުކާގެ ފޯނެކެވެ. މި ފަހަރު "ނޯޓް 10" އެކެވެ. އޮގަސްޓް މަހުގެ ނިޔަލަށް އިންތިޒާރުގެ ވަގުތު ދެމިގެން ހިނގައިދާނެ އެވެ.
ގެލަކްސީ ނޯޓް 10 އަދި އެނައުންސް ވެސް ނުކުރެ އެވެ. މިއީ ނެރޭނެ ފޯނެއްކަން ވެސް ނޭނގެ އެވެ. އަދި ނެރުނަސް، ތާރީޚް އޮތް ތަނުގައި އޮތީ އެވެ. އެހެނެއެއް ކަމަކު، ނޯޓް 10އާ ބެހޭ ގޮތުން ޒާތް ޒާތުގެ ވާހަކަތައް މިހާރު ވެސް ދެކެވެން ފަށައިފި އެވެ.
ނޯޓް 10ގެ ދެ މޮޑެލެއް ސެމްސަންގުން ނެރޭނެ ކަމަށް އެބަ ބުނެވެ އެވެ. "ގެލަކްސީ އެސް10" މަރުކާގައި ހަތަރު މޮޑެލެއް ހިމެނޭއިރު، ނޯޓް 10، މޮޑެލްތަކަކަށް ބަހާލުން، މޮޅު ވިޔަފާރިއަކަށް ވެދާނެ އެވެ.
ސެމްސަންގް ގެލަކްސީ ނޯޓް 10: މި މަރުކާގައި ތަފާތު ދެ މޮޑެލެއް ނެރޭނެ ކަމަށް ޔޯލަ ވާހަކަތައް ބުނޭ
"އެސް10" މަރުކާގައި "ގެލަކްސީ އެސް10+"، "ގެލަކްސީ އެސް10"، "ގެލަކްސީ އެސް10އީ" އަދި "ގެލަކްސީ އެސް10 5ޖީ" ހިމެނެ އެވެ. މި ތަރުތީބުން ނޯޓް 10 އަތުރައިނުލިި ނަމަވެސް، އެސް10 އަށް ކިޔާ ކޮންމެވެސް ނަމަކުން ނަމެއް، ގެލަކްސީ ނޯޓް 10 އަށް ކިޔާނެ ކަމަށް ބެލެވެ އެވެ. މިހެން ވެއްޖެ ނަމަ، ސެމްސަންގް "އެސް ޕެން"، އެއް މޮޑެލެއްގެ ދެ ދަރިފަސްކޮޅަކަށް ނިސްބަތްކުރެވުނީ އެވެ.
ސެމްސަންގް ގެލަކްސީ ނޯޓަކީ، ސްމާޓްފޯން މާކެޓްގައި ނުފޫޒު ގަދަ ފޯނެކެވެ. ހައިބަތު ބޮޑު އަދި އެހައި ތަރުހީބު ބޮޑު ފޯނެކެވެ. ގެލަކްސީ ނޯޓަކީ ސްމާޓްފޯން މާކެޓަށް "ބިޔަ ސްކްރީން"ތައް ތައާރުފުކުރި މަރުކާ އެވެ. އެއިރު ނޯޓަށް ޖޯކްޖެހި މީހުން ވެސް، ލަދުގަންނަ ވަރަށް ނޯޓް ވަނީ ތަރައްގީވެފަ އެވެ. މި ފަހަރު ނޯޓް 10 ނެރޭއިރު، ފޯނުގެ ޑިޒައިނަށް ވަރަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ބުނެވެ އެވެ. އިސްކޮޅުން ދިގު، މުށުތެރެ އަށް ހެޔޮވަރު، ލޫޅާފަތި ފޯނަކަށް، ނޯޓް 10 ވާނެ ކަމަށް ބުނެ ވެ އެވެ.
ނޯޓް 20 އަލްޓްރާ: އަދި ދައްކާލެވެން އޮތީ ފޮޓޯއެއް
ގެލަކްސީ ނޯޓް 10 ނިއްވާލުން އާ ގޮތަކަށް
ގެލަކްސީ ނޯޓް 10: ތަންކޮޅެއް ކައިރި އަށް
ސެމްސަންގް ގެލަކްސީ ނޯޓް 10، އޮގަސްޓް 7 ގައި
ގެލަކްސީ ނޯޓް 20 އަލްޓްރާ: އަޅާކިޔާނީ ކޮން ފޯނަކާ؟
ގެލަކްސީ ފޯނުތަކާ އެކު ޗާޖަރު ނުދޭން ވިސްނަނީ
ގޮރިއްލާ ގްލާސްއަށް ނަންބަރުގެ ބަދަލުގައި ނަމެއް
ނޯޓް 20 ގައި ސްޕޭސް ޒޫމް ޓެކްނޮލޮޖީއެއް ނުހުންނާނެ
ސެމްސަންގަށް ކޮރޯނާވައިރަހުން އަސަރެއްނުކުރި
ވައިރަހާ ހެދި ސެމްސަންގް ފަތްޖެހި ފޯނު ފެކްޓަރީ ބަންދު