Roadha Mihaaru
ގެލަކްސީ ނޯޓް 10: ތަންކޮޅެއް ކައިރި އަށް

ސެމްސަންގް ގެލަކްސީ ނޯޓް 10: ތަންކޮޅެއް ކައިރި އަށް

16 ޖުލައި 2019

ގެލަކްސީ ނޯޓް 10 އާންމުކުރުން މަހަކަށް ވުރެ ވެސް ކައިރިވެއްޖެ އެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން، އޮގަސްޓް 7 ގައި، ނޯޓް 10 އާންމުކުރާނެ އެވެ. އެކަމަކު ވެސް، ނޯޓް 10އާ ގުޅޭ ގޮތުން ދެކެވޭ ވާހަތަކުގައި ފޫހިކަމެއް ނެތެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގެލަކްސީ ނޯޓް 10 އާންމުކުރުން މަހަކަށް ވުރެ ވެސް ކައިރިވެއްޖެ އެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން، އޮގަސްޓް 7 ގައި، ނޯޓް 10 އާންމުކުރާނެ އެވެ. އެކަމަކު ވެސް، ނޯޓް 10އާ ގުޅޭ ގޮތުން ދެކެވޭ ވާހަތަކުގައި ފޫހިކަމެއް ނެތެވެ.

ގެލަކްސީ ނޯޓް ދެ މޮޑެލްއަކަށް ބައިކޮށްލެވޭ މިއީ ފުރަތަމަ ފަހަރެވެ. އެއީ ގެލަކްސީ ނޯޓް 10 އަދި ނޯޓް 10 ޕްރޮ އެވެ. ނޯޓް 10 ޕްރޮ އަކީ ނޯޓް 10 ޕްލަސް ކަމަށް ވެސް ބުނެ އެވެ. މިއީ އަދި ވެސް ޚަބަރުތަކުން އިވޭ ވާހަކައެއް ނަމަވެސް، ވުން ވަރަށް ކައިރި އެވެ. ގެލަކްސީ އެސް10 ދެ މޮޑެލްއަކަށް ބަހާލުން މާނަކުރެވެނީ، ނޯޓް 10 އަށް މި ބަދަލު ގެނެސްފާނެ ކަމެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 10ގެ ބާރުވެރިކަމަށް ބަލާއިރު އެންމެ އަޑުގަދަކޮށް ދެކެވެނީ ކެމެރާގެ ވާހަކަ އެވެ. ގެލަކްސީ އެސް10ގެ ކެމެރާ އަށް ވުރެ ބާރުގަދަ ކަމަށް ބުނެވުނު ނަމަވެސް، މިހާރުން މިހާރަށް އެނގެން އެދެވޭ ގިނަ މައުލޫމާތު ވަނީ ސެމްސަންގުން ސިއްރުކޮށްފަ އެވެ. ނޯޓް 10 ލޯންޗް ހަފުލާގައި ހުރިހާ ތަފުސީލެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ނޯޓް އާއިލާގެ އެކުވެރިޔާ "އެސް-ޕެން" އަށް ވެސް ބަދަލުތަކެއް ގެންނާނެ ކަމަށް ވެ އެވެ. މި މޭރުމުން ދެކެވޭ ވާހަކަތަކުގައި، އެސްޕެންގައި ކެމެރާ ހަރުކުރާ ވާހަކަ ވެސް ހިމެނެ އެވެ. މިއީ އިޚްތިޔާރީ މިނިވަން ކަމަށް ނުރައްކާތެރި ކަމެއް ނަމަވެސް، އެސްޕެންގައި ކެމެރާއެއް ހަރުކޮށްލުމަކީ ގެލަކްސީ ނޯޓްތަކަށް ބޮޑު ކުރިއެރުމެއްކަން ކަށަވަރެވެ.

ގެލަކްސީ ފޯނުތަކުގެ ސްކްރީނަށް ސެމްސަންގުން ގެންނަ ބަދަލުތަކަށް ބޭނުންކުރާ މީހުން ވަރަށް ރުހެ އެވެ. ސެމްސަންގުން އާންމުކުރި ނޯޓް 10ގެ ކުރެހުމުން ފެންނަ ގޮތުގައި، ޑިސްޕްލޭގެ ވަނީ އަރިމަތި ލަންބާލާފަ އެވެ. ޗާޖިން ޕޯޓް ފެންނާކަށް ނެތެވެ.

ސެމްސަންގެ އުފެއްދުންތަކާ ބެހޭ ގޮތުން ކުރިއާލައި ވާހަކަދައްކާ މީހުން ބުނާ ގޮތުގައި، ނޯޓް 10 ގައި 3.5އެމްއެމް ހެޑްފޯން ޖެކެއް ނުއިންނާނެ އެވެ. އަދި "ބިކްސްބީ ބަޓަން" ނުއިންނާނެ އެވެ.

ސްމާޓްފޯނުތައް ޑިޒައިންކުރަން ދެން އިތުރު ބައްޓަންތަކެއް ނެތް ކަމަށް ސެމްސަންގުން ބުނި ނަމަވެސް، ނޯޓް 10 ތައްގަނޑުކުރެވެނީ މީގެ ކުރިން ނެތް ސޫރައަކަށް ކަމަށް ބެލެވެ އެވެ. ސްމާޓްފޯނުތަކުގައި އެއްގޮތް ސިފަތަކެއް ހުރި ނަމަވެސް، އަރިމައްޗަށް ގެންނަ ބަދަލަކުން ވެސް މުޅި އާލާތް ބަދަލުވެ ދެ އެވެ.