Roadha Mihaaru
އަންނަ ހޮނިހިރު ދުވަހު ވިޔަފާރި ބަނދަރު ބަންދު

އަންނަ ހޮނިހިރު ދުވަހު ވިޔަފާރި ބަނދަރު ބަންދު

04 އެޕްރީލް 2019

އަންނަ ހޮނިހިރު ދުވަހު ވިޔަފާރި ބަނދަރާއި އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް ބަންދުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިިމިޑެޓުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ ހޮނިހިރު ދުވަހު ވިޔަފާރި ބަނދަރާއި އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް ބަންދުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިިމިޑެޓުން ބުނެފި އެވެ.

އެމްޕީއެލުން ބުނީ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް ބަންދު ކުރުމަށް ނިންމީ އެ ދުވަހު ބާއްވާ މަޖިލިސް އިންތިހާބާ ގުޅިގެން ކަމަށެވެ. އެމްޕީއެލުން އަލުން ހިދުމަތްތައް އާންމު އުސޫލުން ދޭން ފަށާނީ އާދިއްތަ ދުވަހު ހެނދުނު 7:30 އިން ފެށިގެންނެވެ.

ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 264،442 އެވެ. މަޖިލީހުގެ 87 ދާއިރާ އަށް 386 ކެންޑިޑޭޓަކު ވާދަކުރާއިރު ވޯޓުލުމަށް 501 ފޮށި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބަހައްޓާނެ އެވެ.