Roadha Mihaaru
ވަގުތީ ފައިދާއަށް ވޯޓުލައިފިނަމަ ލިބޭނީ ގެއްލުން:ޝައިނީ

ވަގުތީ ފައިދާ އަށް ވޯޓުލައިފި ނަމަ ކުރިއެރުމަށް ހުރަސްއެޅޭނެ: ޝައިނީ

05 އެޕްރީލް 2019

އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ސަކަރާތަކަށް ހަދައި، ވަގުތީ ފައިދާއަކަށް ވޯޓުލައިފި ނަމަ ކުރިއަށް އޮތް ފަސް އަހަރާއި އަންނަން އޮތް ޖީލުގެ ވެސް ކުރިއެރުމަށް ހުރަސްއެޅިގެންދާނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެންވޭރު އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ޝައިނީގެ ޖަގަހައިގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކުރީގައި ފާހަނގަނުވާ މިންވަރަށް މިހާރު ނުރަނގަޅު ކަންތައްތަކެއް އާއްމުވަމުންދާ ކަމަށެވެ. އެހެންވެގެން އެ ކަންތައްތަކާ މެދު ވިސްނައި ފަރުވާތެރިކަމާ އެކު ވޯޓުދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަށް އިންތިޚާބުވެވަޑައިގަތަސް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައި ނުގަންނަވާނެ އެވެ. ނަމަވެސް ސަރުކާރުގެ ތެރެއިން ކަމެއް ބޭނުންވެއްޖެ ނަމަ އެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ހޮވިއްޖެ ނަމަ ދެގޮތެއް ނުވެ ރައްޔިތުން ތަމްސީލުކުރުމަށްޓަކައި އަޅުގަނޑު ހުރި ގޮތަށް ހުންނާނަން. އަޅުގަނޑު އިދިކޮޅުގެ ފިކުރަކާ ނުގުޅޭނަން. އެހެން ނަމަވެސް ސަރުކާރުގެ ތެރެއިން އެއްވެސް ރައްޔިތަކު ކަމެއް ބޭނުންވެއްޖެނަމަ، ތިބޭފުޅުންގެ މަންދޫބެއްގެ ގޮތުގައި ދާންޖެހޭނީ އެކަން ގަބޫލުކޮށްގެން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ބާރުގަދަ އެއް ވަޒީރުގެ ގޮތުގައި ހުންނެވި ޝައިނީ ވިދާޅުވި އެވެ.

ހެންވޭރު އުތުރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ޝައިނީގެ ޖަގަހައިގައި މިރޭ ބޭއްވި ބައްދަލުވުމުގައި އޭނާ (މ) ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެންވޭރު އުތުރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ޝައިނީގެ ޖަގަހައިގައި މިރޭ ބޭއްވި ބައްދަލުވުމުގައި އޭނާ (މ) ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގިނަ ކަންތައްތަކަކީ ވަރަށް ފަސޭހައިން ހާސިލްވާނެ ކަންތައްތަކެއް ކަމަށާއި ނަމަވެސް އެކަންތައް ކުރަންވީ ގޮތް ގިނަ މީހުންނަށް ނޭނގެނީ ކަމަށް ޝައިނީ ވިދާޅުވި އެވެ. އޭނާ ނިކުމެވަޑައިގެން ހުންނެވީ 27 އަހަރުގެ ތަޖުުރިބާއާ އެކު ކަމަށާއި ދާއިރާގެ ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި އަޑުއުފުލައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެމްބަރުކަމަށް އިންތިޚާބު ކޮށްފި ނަމަ ދާއިރާގައި އޮފީހެއް ހުޅުވައި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި މައްސަލަތަކުގައި ދާންޖެހޭ އޮފީހަކަށް ގޮސް މަޖިލީހުގެ ތެރެއިން އެ ކަންތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ އިންތިޚާބަކީ ކުރިއަށް އޮތް މާޒީއަށް ގައުމު އެއްކޮށް ބަދަލުކޮށްލާނެ ވޯޓަކަށް ވެގެން ގޮސްދާނެ އެވެ.

ހެންވޭރު އުތުރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ޝައިނީގެ ޖަގަހައިގައި މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެންވޭރު އުތުރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ޝައިނީގެ ޖަގަހައިގައި މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝައިނީ ވިދާޅުވި ގޮތުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ދީފި ނަމަ ރައްޔިތުން ދެރަވާނެ ދުވަހެއް އަންނާނެކަން ޔަގީނެވެ. އެންމެ ރަނގަޅު ގޮތަކީ ސަރުކާރަށް ފާރަވެރިވާނެ ބަޔަކު މަޖިލީހުގައި ތިބުން ކަމަށް ވިދާޅުވި އެވެ. މާޒީގައި އެކަން ތަޖުރިބާކޮށްފައިވާ ކަމަށާއި ސަރުކާރަށް އެއްވެސް ބިރެއް ނެތް މިންވަރަށް ބާރު ދީ އެ ބާރު ބޭނުންކޮށްގެން ކުރާ ކަންތައްތަކުން ސަލާމަތްވާން ރައްޔިތުން ބޭނުންވާ ނަމަ އެކަމަށް ފާރަވެރިވާނެ ބަޔަކު މަޖިލީހަށް އިންތިޚާބުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ވަޒީރުކަމާ ހަވާލުވެވަޑައިގަތީ ޕްރޮފެސާޝިޕަށް ވަޑައިގަތުމަށް ހުރިހާ ކަމެއް ނިމިފައިވަނިކޮށް ވެސް ގައުމަށް ހިދުމަތްކުރަން ކަމަށާއި މިއަދު ވެސް ހުންނެވީ ގައުމު ދޫކޮށްލާފައި ވަޑައިގަންނަވަން ނޫން ކަމަށް ވިދާޅުވި އެވެ.

"މިހުރީ އިލްމާއި ގާބިލްކަން ބޭނުންކޮށްގެން ދާއިރާގެ ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުމަށް،" ޝައިނީ ވިދާޅުވި އެވެ.