Roadha Mihaaru
ބޭނުންހާ ކަމެއް ނުކުރެވޭނެ، އެއީ ހީވާ ގޮތް: ފައިސަލް

ބޭނުންހާ ކަމެއް ނުކުރެވޭނެ، އެއީ ހީވާ ގޮތް: ނައިބު ރައީސް

05 އެޕްރީލް 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އޮތީ ވަރަށް ކެރިގެން ކަމަށާއި ބޭނުންހާ ކަމެއް އިދިކޮޅު ފަރާތްތަކަށް ނުކުރެވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އޮތީ ވަރަށް ކެރިގެން ކަމަށާއި ބޭނުންހާ ކަމެއް އިދިކޮޅު ފަރާތްތަކަށް ނުކުރެވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

މާދަމާ އޮންނަ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ މީދޫ ދާއިރާ އަށް ވާދަކުރައްވާ ރޮޒެއިނާ އާދަމްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ނައިބު ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ކޮރަޕްޝަންގެ ކަންކަމުގައި ދުނިޔޭގެ ރެކޯޑު ހެދި ސަރުކާރެއް ކަމަށެވެ.

ޔާމީންގެ ނަން ނުގެންނަވައި، ފައިސަލް ވިދާޅުވީ ބޭންކް އެކައުންޓްތަކަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަދެފައި ހުރި ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ ހޯދި ގޮތް މުއައްސަސާތަކުން ބަލާނެ ކަމަށާއި ރައްޔިތުން ސަރުކާރާ އެކީގައި ތިބުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.

ސަރުކާރުގައި އަޅުގަނޑުމެން ވަރަށް ކެރިގެން ތައްޔާރަށް މިތިބީ. ލާހިކު ކުޅަދާނައެއް ނޫން ބޭނުން ގޮތަކަށް ހަދާކަށް. ނުކުރެވޭނެ އެކަމެއް. އެއީ ހީވާ ގޮތް: ނައިބު ރައީސް

މަގު ހެދުމުގެ މަޝްރޫއަކުން މިސާލު ނަންގަވައި ނައިބު ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި 23 މިލިއަން ރުފިޔާ އިން ހެދެން އޮތް މަގަކަށް 70 މިލިއަން ރުފިޔާ ހަރަދުކުރާ ކަމެވެ.

ފައިސަލް ވިދާޅުވީ ރައީސްގެ ވައުދުތަކާއި ސިޔާސަތުތައް ތަންފީޒުކުރަން ޖެހޭ ކަމަށެވެ. އެހެންވެ އެކަންކަން ކުރުމަށް މަޖިލިހުގެ ތެރެއިން ގާނޫނީ ބާރު ލިބެންޖެހޭ ކަމަށް ވިދާޅުވި އެވެ. ނައިބު ރައީސް ވިދާޅުވީ މި ސަރުކާރަކީ ދުވަހަކުވެސް، ގާނޫނާ ހިލާފަށް ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަމަށެވެ.

އައްޑޫ މީދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅު ދައްކަވަނީ. ---

އައްޑޫ މީދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅު ދައްކަވަނީ. ---

އޭގެ ބަދަލުގައި ކުރީގެ ސަރުކާރަކީ ރައްޔިތުންނަށް އަނިޔާވެރިވި ބައެއް ކަމަށާއި އެމީހުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދީގެން ނުވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދޭން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންގެ ހިތްހަމަޖެހުމަށާއި ތަނަވަސްކަމަށް އަދި ބާރުވެރިކުރުވުމަށެވެ. ފަހުރުވެރި އާއިލާއެއް ބިނާކުރުމަކީ ސަރުކާރުގެ ވެރިންގެ ޒިންމާއަކަށް ވާއިރު، އެ މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ތަފާތު ކުރުމެއް ނެތި ގެނެސްދިނުން ކަމަށާއި ރައްޔިތުން ދެރަ ވާނެ އަދި ނިކަމެތިވާނެ ކަމެއް ނުކުރާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ޒުވާނުން މަސްތުވާތަކެތީގެ ވަބާ އިން ސަލާމަތްކޮށް، ވަޒީފާ އަދާކުރާ ބަޔަކަށް ހަދަން ބޭނުންވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގައި އަޅުގަނޑުމެން ވަރަށް ކެރިގެން ތައްޔާރަށް މިތިބީ. ލާހިކު ކުޅަދާނައެއް ނޫން ބޭނުން ގޮތަކަށް ހަދާކަށް. ނުކުރެވޭނެ އެކަމެއް. އެއީ ހީވާ ގޮތް،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް، އެ މަނިކުފާނު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ގެންދަވަނީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދިނުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.