Roadha Mihaaru
ނުރައްކާތެރި އަމަލެއް ހިންގަން އުޅެނިކޮށް އަތުލައިގެންފި

ނުރައްކާތެރި އަމަލެއް ހިންގަން އުޅުނު ކަމަށް ބެލެވޭ ދެ މީހަކު އަތުލައިގެންފި

05 އެޕްރީލް 2019

ނުރައްކާތެރި އަމަލެއް ހިންގަން އުޅުނު ކަމަށް ބެލެވޭ ދެ މީހަކު ފުލުހުން ރޭ މާލެއިން ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނުރައްކާތެރި އަމަލެއް ހިންގަން އުޅުނު ކަމަށް ބެލެވޭ ދެ މީހަކު ފުލުހުން ރޭ މާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހެޕީމާކެޓު ކައިރީގައި ހެލްމެޓް އަޅައިގެން ވަޅި ހިފައިގެން ބަޔަކު ތިބިކަމަށް 10:44 ހާއިރު މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ދިޔައިރު، ހެލްމެޓް އަޅައިގެން ތިބި ދެ މީހުން ސައިކަލުގައި ދާން އުޅުމުގެ ތެރޭގައި ސައިކަލް އެކްސިޑެންޓުވެފައިވާ ކަމަށެވެ.

އެވަގުތު އެކްސިޑެންޓުވި މީހާ ހައްޔަރުކުރިއިރު ދެން ހުރި މީހާ ހައްޔަރުކުރީ ފިލައިގެން ދަނިކޮށް އައިޖީއެމްއެޗް ކެންޓީން ކައިރިންނެވެ.

އެމީހުން ތިބީ ހެލްމެޓް އަޅައި އެއް ގަމީސް މަތިން އަނެއް ގަމީސް ލައިގެންނެވެ. އަދި ސައިކަލުގެ އަސްލު ނަމްބަރު ޕްލޭޓުގެ މަތީގައި ފޭކު ނަމްބަރެއް ޖަހާފައި ވެ އެވެ.

އެ ދެ މީހުން ދުއްވި ސައިކަލު މިހާރު ވަނީ ޓޯކޮށްފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 22 އަހަރު ފިރިހެނެކެވެ. އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ.