Roadha Mihaaru
މާލޭގައި ދެ މާރާމާރީ؛ ތޫނު އެއްޗަކުން ވެސް ހަމަލާދިން

މާލޭގައި ދެ މާރާމާރީ؛ އެކަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާ ދީފައި

31 ޖެނުއަރީ 2021

މާލޭގައި މިރޭ ދެ މާރާމާރީއެއްގައި ހިންގައި، އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި މިރޭ ދެ މާރާމާރީއެއްގައި ހިންގައި، އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ.

ފުލުހުން ބުނީ ފުރަތަމަ މާރާމާރީ ހިންގީ ކިންގް ސަލްމާން މިސްކިތް ކައިރީގައި އޮންނަ ފުޓްބޯޅަ ދަނޑުގައި ކަމަށާއި އެ މާރާމާރީއާ ގުޅޭ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ. މި ދަނޑުގައި މި ދުވަސްވަރު ފުޓްސަލް މުބާރާތެއް ކުރިއަށްދެ އެވެ.

ދެވަނަ މާރާމާރީ ހިންގީ އަސަރީ ހިނގުމުގަ އެވެ. އެ މާރާމާރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އެ މީހާ އަށް އައިޖީއެމްއެޗްގައިި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މާރާމާރީގައި އަނިޔާ ލިބުނީ 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި ދެ މާރާމާރީއާ ގުޅުން ހުރި ކަމެއް އަދި މިކަން ހިނގި ސަބަބެއް އަދި ނޭނގެ އެވެ.