ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރާއްޖޭގެ ތިން ސިޓީގެ 25 ގޮނޑީގެ ތެރެއިިން އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.
06 އެޕްރީލް 2019
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރާއްޖޭގެ ތިން ސިޓީގެ 25 ގޮނޑީގެ ތެރެއިިން އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.
ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެމްޑީޕީއަށް ގެއްލެނީ މާލެ ސިޓީގެ ވިލިމާލެ ގޮނޑި އެކަންޏެވެ. އެހެންކަމުން މިއީ ރާއްޖޭގެ ތާރީޚުގައި އެއް ޕާޓީއަކުން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.
ވިލިމާލޭގެ ދާއިރާގެ ނަތީޖާގައި އަދިވެސް ކުރީގައި އުޅުއްވަނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރެއްވި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ. އެ ދާއިރާގެ ބައެއް ވޯޓުތައް އަދި އެއްކޮށް ގުނައި ނުނިމުނަސް، ބެލެވޭ ގޮތުގައި އުޝާމް އެ ގޮނޑި ކާމިޔާބު ކުރައްވާނެ އެވެ.
އުޝާމާ ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަނީ އުޝާމަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
މާލޭގެ ބާކީ އޮތް 14 ގޮނޑި އާއި އައްޑޫ ސިޓީގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީގެ ތިން ގޮނޑި ކާމިިޔާބުކުރީ އެމްޑީޕީންނެވެ.
ކުރިން ނަމަ އެމްޑީޕީން އަބަދުވެސް މާލެ އާއި އައްޑޫ ސިޓީގެ ގިނަ ގޮނޑިތަކެއް ނަގަ އެވެ.
މިއީ ފުވައްމުލަކަށް ސިޓީގެ ދަރަޖަ ލިބުނު ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ އިންތިހާބެވެ.
ތިން ސިޓީގެ އިތުރުން ރާއްޖޭގެ ބޮޑު އެއް ދާއިރާ ކަމަށް ވާ ހދ. ކުޅުދުއްފުށީގެ ދެ ގޮނޑި ވެސް މިފަހަރު ކާމިޔާބުކުރީ އެމްޑީޕީންނެވެ. ކުރިން އެ ރަށުގެ އެއް ގޮނޑި އެމްޑީޕީން ކޮންޓްރޯލް ކުރަމުން އަޔަސް، މިފަހަރު ދެވަނަ ގޮނޑި ކާމިޔާބުކުރީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ކަން މިހާރު ވެސް ކުރައްވާ ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު ބަލިކޮށްފަ އެވެ.
އައްޑޫ ފައްޔާޒަށް، މާލެ އާއި ފުވައްމުލައް އިންތި އަށް
އެންމެ ގިނަ ވޯޓު ނާޒިލަށް
ދާއިރާ ލިބުމާއި ނުލިބުމުގައި "ދަފްތަރުގެ ނުބައި ރޯލު"
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި
ފެންނަނީ މާލެ އާއި އައްޑޫގެ މެޖޯރިޓި އޮތް ތަން:ރައީސް
އަންނަ އަހަރު ދަތުރުކުރާނީ ރީތި ބަސްތަކެއްގައި: އާޒިމް
އައްޑޫގައި ވެސް ވޯޓުގެ މާ ބޮޑު ފޯރިއެއް ނެތް
އައްޑޫގެ އިތުރު ދެ ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ
މާލެއަކީ ދަންތުރައެއް، އަތޮޅުތައް ތަރައްގީކުރޭ: ބޮންޑޭ
"ލާމަރުކަޒީ ނިޒާމު އައުމުން މާލޭގެ ހާލަތު ވީ ގޯސް"