Roadha Mihaaru
އިންޑިއާ އިން ހަމަލާއެއް ދޭން އެބައުޅޭ: ޕާކިސްތާން

އިންޑިއާ އިން ހަމަލާއެއް ދޭން އެބައުޅޭ: ޕާކިސްތާނުގެ ފޮރިން މިނިސްޓަރު

07 އެޕްރީލް 2019

އިސްލާމްއާބާދު (އެޕްރީލް 7) - މި މަހު 16-20 އާ ދެމެދު އިންޑިއާ އިން ޕާކިސްތާނަށް ހަމަލާއެއް ދޭން އުޅޭކަމުގެ އިތުބާރު ހުރި ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރޭޝީ ތުހުމަތު ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (އެޕްރީލް 7) - މި މަހު 16-20 އާ ދެމެދު އިންޑިއާ އިން ޕާކިސްތާނަށް ހަމަލާއެއް ދޭން އުޅޭކަމުގެ އިތުބާރު ހުރި ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރޭޝީ ތުހުމަތު ކުރައްވައިފި އެވެ.

ދެކުނު އޭޝިއާގެ ނިއުކްލިއާ ދެ ބާރުގެ މަޝްރަހް ހޫނުވެފައި ވަނީ ފެބްރުއަރީ މަހު ކަޝްމީރުގައި ދިން ހަމަލާތަކަށް ފަހު އެވެ. ޕާކިސްތާނަށް ނިސްބަތްވާ ޖަމާއަތަކުން ދިން ހަމަލާގައި 40 މީހުން މަރުވި އެވެ. އެ ހަމަލާގައި އެއްވެސް ރޯލެއް ނޯންނާނެ ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ. އަދި ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ހަމަލާ ތަހުގީގު ކުރުމުގައި އިންޑިއާ އަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ދެކުނުގެ މުލްތާން ސިޓީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގުރޭޝީ ވިދާޅުވީ އިންޑިއާ އިން ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް މީގެ ދެ ދުވަސް ކުރިން ދީފައިވާ ކަމަށެވެ.

"މި މަހު 16- 20 އާ ދެމެދު ޕާކިސްތާނަށް ހަމަލާ ދޭން އުޅޭ ކަމުގެ އިތުބާރު ހުރި މައުލޫމާތު ވަނީ ލިބިފައި،" ގުރޭޝީ ވިދާޅުވި އެވެ. "މިއީ ވަރަށް ޒިންމާދާރުކަމާ އެކު އަޅުގަނޑު ދަންނަވާ ވާހަކައެއް. އަޅުގަނޑު ދަންނަވާ ކޮންމެ ބަހަކީ ބައިނަލްއަގުވާމީ މީޑިއާގެ ސުރުޚީއަކަށް އަރާނެ."

އޭނާ ވިދާޅުވީ ޕާކިސްތާނަށް ހަމަލާ ދޭން އުޅެނީ ޑިޕްލޮމެޓިކް ގޮތުން ޕްރެޝަރު ބޮޑު ކުރަން ކަމަށެވެ.