ނިއު ދިއްލީ (ސެޕްޓެމްބަރު 26) - އުރީގައި ޓެރަރިސްޓް ހަމަލާ ދީ އިންޑިއާ ސިފައިންގެ 18 މީހުން މަރާލި ހާދިސާ އަށް ފަހު އަވަށްޓެރި ޕާކިސްތާނާ ހަނގުރާމަ ކުރަން އިންޑިއާ އޮތީ ތައްޔާރަށް ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
26 ސެޕްޓެމްބަރ 2016
ނިއު ދިއްލީ (ސެޕްޓެމްބަރު 26) - އުރީގައި ޓެރަރިސްޓް ހަމަލާ ދީ އިންޑިއާ ސިފައިންގެ 18 މީހުން މަރާލި ހާދިސާ އަށް ފަހު އަވަށްޓެރި ޕާކިސްތާނާ ހަނގުރާމަ ކުރަން އިންޑިއާ އޮތީ ތައްޔާރަށް ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އުރީގައި އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާން ކަމަށް އިންޑިއާ އިން ތުހުމަތު ކުރެ އެވެ. އިންޑިއާ އިން ބުނެފައި ވަނީ އުރީގެ މަރުކަޒުން ފެނުނު އަތު ބޮމާއި ކާތަކެތީގެ ޕެކޭޖުގައި ޕާކިސްތާނުގެ ބައެއް ނިޝާންތައް ހުރި ކަމަށެވެ.
މޯދީއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނީ ޕާކިސްތާނުން ލޭއޮހޮރުވުމެއް ބޭނުންވާ ކަމަށެވެ. އިންޑިއާ ސިފައިންނާ މެދު ފަޚުރުވެރިވާ ކަމަށާއި 18 ސިފައިންގެ މަރުގެ ބަދަލު ނުލިބި ނުދާނެ ކަމަށް މޯދީ ވަނީ އިންޒާރު ދެއްވައިފަ އެވެ.
"ދުނިޔޭގައި ޕާކިސްތާން އެކަހެރި ކުރަން ނުފުރޮޅާ އެންމެ ގާ ކޮޅެއް ވެސް ނުބާއްވާނަން. ވޭތުވެދިޔަ މަސްތަކުގައި އަވަށްޓެރި ގައުމުން ވަނީ 17 އަށް ވުރެ ގިނަ ފަހަރު ޓެރަރިސްޓުން އެކްސްޕޯޓްކޮށްގެން ގައުމު ހަލާކުކޮށްލަން މަސައްކަތްކޮށްފައި. އެކަމަކު އެ ހުރިހާ ހަމަލާއެއް އަޅުގަނޑުމެން ސިފައިން ވަނީ ނާކާމިޔާބުކޮށްލާފައި،" މޯދީ ވިދާޅުވި އެވެ. "ހިތްވަރު ހުރިއްޔާ ފަގީރު ކަމާ ދެކޮޅަށް ހަނގުރާމަ ކުރޭ. މޮޅުވަނީ ކޮން ބައެއްތޯ ބަލާނަން."
އެއްވެސް ހެއްކެއް ނެތި ޕާކިސްތާނުގެ ބޮލުގައި ބޮޑެތި ތުހުމަތުތައް އަޅުވާތީ ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވަނީ ފާޑުވިދާޅުވެފަ އެވެ. ނަވާޒް ޝަރީފް ވިދާޅުވީ އުރީގެ ހަމަލާއަކީ ކަޝްމީރުގައި ހިންގާ ޖަރީމާތަކަށް ކެތް ނުކުރެވުނު ބައެއްގެ ރައްދު ކަމަށެވެ.
ކަޝްމީރުގައި އިންޑިއާ އިން ހަމަލާތަކެއް ފަށައިފި
ކަޝްމީރު މައްސަލާގައި ޕާކިސްތާނަށް މޯދީ ރައްދުދެއްވައިފި
ކަޝްމީރާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަ ދޮގުކޮށްފި
ޖައިޝީ މުހައްމަދުގެ އިމާރާތްތައް ހަލާކެއް ނުވޭ
ޕުލްވާމާ ހާދިސާ އަށް ފިލްމެއް ހަދަނީ
ޓްރަމްޕާއި މޯދީ ގުޅިގެން ޕާކިސްތާނަށް އިންޒާރު ދީފި
ކަޝްމީރުގެ ހަމަލާތަކުގައި 24 މަރު
ކަޝްމީރުގެ އިންޑިއާ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފި
ކަޝްމީރަށް ހައްލު ހޯދައިދޭން އދ. އިން ހުށަހަޅައިފި
ޕާކިސްތާނުގެ ސިނަމާތަކުގައި އިންޑިއާގެ ފިލްމުތައް މަނާ