01 ސެޕްޓެމްބަރ 2016
އުމުރުން އެންމެ ތިން އަހަރުގެ ކުދިން ވެސް އެ ކުދިންގެ ސިފަޔާ މެދު ކަންބޮޑުވެ ފިކުރުކުރާ ކަމަށް ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއަކުން ބުނެފި އެވެ.
އުމުރުން އެންމެ ތިން އަހަރުގެ ކުދިން ވެސް އެ ކުދިންގެ ސިފަޔާ މެދު ކަންބޮޑުވެ ފިކުރުކުރާ ކަމަށް ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއަކުން ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ޕްރޮފެޝަނަލް އެސޯސިއޭޝަން ފޯ ޗައިލްޑް ކެއާ އެންޑް އާލީ ޔާސް (ޕީސޭ) އިން ނާސަރީ އަދި ސްކޫލްގެ މުވައްޒަފުންގެ ފަރާތުން ހޯދާފައިވާ މައުލޫމާތާ ހަވާލާދީ ބުނެފައި ވަނީ އުމުރުން އެންމެ ތިން އަހަރުގެ ކުދިން ވެސް "ފަލަ" ކަމަށާއި އެހެންވެ "ހުތުރު" ކަމަށް ބުނެ އެކަމާ ދެރަވެގެން ވާހަކަ ދައްކާ އަޑު 10 ޕަސެންޓް މީހުންނަށް އިވިފައިވެ އެވެ.
ދިރާސާއަށް މައުލޫމާތު ދިން މީހުންގެ ތެރެއިން 25 ޕަސެންޓް މީހުން ބުނެފައި ވަނީ އުމުރުން 3-5 އަހަރާ ދެމެދުގެ ކުދިން ހަށިގަނޑު ހުންނަ ގޮތާ މެދު ހިތްހަމަނުޖެހިގެން ވާހަކަ ދައްކާ އަޑު އިވިފައިވާ ކަމަށެވެ. އަދި އުމުރުން 6-10 އަހަރާ ދެމެދުގެ ކުދިން މިފަދަ ވާހަކަ ދައްކާ އަޑު އިވުނު ކަމަށް ބުނާ މީހުންގެ ނިސްބަތް ދެ ގުނަ އިތުރެވެ.
މައުލޫމާތު ދިން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނަ މީހުން ބުނެފައި ވަނީ ހަށިގަނޑު ހުންނަ ގޮތާ މެދު ހިތްމަހަމަނުޖެހިގެން ފިރިހެން ކުދިންނަށް ވުރެ ގިނައިން އަންހެން ކުދިން ވާހަކަ ދައްކާ ކަމަށެވެ.
ޕީސޭގެ ދިރާސާގައި ބުނެފައި ވަނީ ކުދިން ސްކޫލަށް ދާން ފެށުމުގެ ކުރިން ވެސް އެ ކުދިންގެ ސިފަޔާ މެދު ވިސްނައި، އެހެން މީހުންނަށް ރީތި ސިފައެއްގައި ނުހުރެދާނެ ކަމުގެ ކަންބޮޑުވުން ގެންގުޅޭ ކަމަށެވެ. މި ޖަމިއްޔާ އަށް ލަފާ ދޭ ތަޖުރިބާކާރެއް ކަމަށްވާ ޖެކްލީން ހާޑިން ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް މި އަސަރުތައް ކުރަނީ ކޮން ސަބަބުތަކެއް މެދުވެރިވެގެންތޯ އާއި މިކަމުގެ ސަބަބުން ކުރިމަތިވާނެ މައްސަލަތަކާ ބެހޭ ގޮތުން އިތުރަށް ދިރާސާކުރަން ޖެހޭ ކަމަށެވެ.
"އުމުރުން ތިން އަހަރު ވާއިރު ކުދިން ތިބެނީ އެ ކުދިންގެ ސިފަ ހުންނަން ޖެހޭނެ ގޮތަކާ މެދު ވިސްނައި އެ ސިފަޔަށް ހުންނަން އަޒުމު ކަނޑައަޅާފައި. ދިރާސާއިން ކަށަވަރުވޭ ބަރުދަން ލުއިކުރުމަށް ކުރަންޖެހޭ ބައެއް ކަންތައްތައް އުމުރުން އެންމެ ހަތަރު އަހަރުގެ ކުދިންނަށް ވެސް އެނގޭކަން،" ހާޑިން ވިދާޅުވެފައިވެ އެވެ.
މި ދިރާސާ ކުރުމުގައި ބައިވެރިވެ ވަޑައިގެންނެވި ތަޖުރިބާކާރުން ވަނީ ކުޑަކުދިންނާ ވާހަކަ ދައްކާއިރު އެ ކުދިންގެ ސިފަޔާ މެދު އެ ކުދިން ކަންބޮޑުވާ ފަދަ ގޮތްގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ލޯބިން ކުދިން ތި ވައްޓާލަނީ ނުރައްކަލަށް!
އިސްކޮޅާ ފަލަވުމާ ގުޅުން ހުރި ކަމަށް ބުނާ ދިރާސާއެއް
ޔުނިލީވާ އިން އައިސްކްރީމް އިޝްތިހާރުކުރުން ހުއްޓާލަނީ
އާއިލާ ރޫޅުމުން ދަރިންގެ ސިއްހަތަށް ވެސް އަސަރުކޮށްފާނެ
އުމުރުން 10 އަހަރު، ބަރުދަނަކީ 180 ކިލޯ
ބަރުވުމެއް ނުހުއްޓޭ، ދޮޅު އަހަރުގައި 31 ކިލޯ
ކުޑައިރު ފަލަވުމާ އެންޓިބައޮޓިކްސްއާ ގުޅުމެއް ނެތް
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ޅަފަތުގައި ކުދިން މަރުވާ ރޭޓަށް ރެކޯޑް ދަށްވުމެއް
ޕްލާސްޓިކް ފަޔާ އެކު ޝަވަން އަށް ހިނިތުންވުން