Roadha Mihaaru
ވާވޭ އަށް ހުރަސްއެޅުމުން ޔޫކޭ އަށް ވާނީ ގެއްލުން

ވާވޭ އަށް ހުރަސްއެޅުމުން ޔޫކޭ އަށް ވާނީ ގެއްލުން

10 އެޕްރީލް 2019

އެމެރިކާ އަށް އެހީތެރިވުމުގެ ގޮތުން، ޗައިނާގެ ވާވޭ ކުންފުނީގެ މުވާސަލާތީ އާލާތްތައް، އިނގިރޭސިވިލާތުގައި ބޭނުން ނުކުރަން ނިންމި ނިންމުމަކީ، އެއްވެސް ގޮތަކުން އެ ގައުމަށް ފައިދާކުރާނެ ކަމެއް ނޫން ކަމަށް ބުނާ ރިޕޯޓެއް އާންމުވެއްޖެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެމެރިކާ އަށް އެހީތެރިވުމުގެ ގޮތުން، ޗައިނާގެ ވާވޭ ކުންފުނީގެ މުވާސަލާތީ އާލާތްތައް، އިނގިރޭސިވިލާތުގައި ބޭނުން ނުކުރަން ނިންމި ނިންމުމަކީ، އެއްވެސް ގޮތަކުން އެ ގައުމަށް ފައިދާކުރާނެ ކަމެއް ނޫން ކަމަށް ބުނާ ރިޕޯޓެއް އާންމުވެއްޖެ އެވެ.

ވާވޭ އިން 5ޖީ މުވާސަލާތީ ނެޓްވޯކަށް އުފައްދާ އެއްވެސް އާލާތެއް، އިނގިރޭސިވިލާތުގައި ބޭނުންނުކުރަން ވަނީ ނިންމާފަ އެވެ. އިންޓަނެޓަށް އާންމުވެފައިވާ ރިޕޯޓެއް ބުނާ ގޮތުގައި، 5ޖީ ލީޑަރަކަށް ވުމަށް އިނގިރޭސިވިލާތުން ރޭވި ރޭވުން އެއްވެސް ކޮޅެއްގައި ދާނީ ފަނުފުލުންނެވެ.

ދުނިޔޭގެ ގައުމުތައް 5ޖީ އަށް ފަރިތަވެގަންނައިރު، އިނގިރޭސިވިލާތަށް ޖެހިފައި ވަނީ، އެ މީހުންނަށް ވުރެ ދެ އަހަރު ފަހަތުގައި އޮންނަން ޖެހުމުގެ އިތުރުން، އިގުތިސާދަށް 6.8 ބިލިއަން ޕައުންޑް ގެއްލުންވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތުގެ މި ނިންމުމަށް އޮޕަރޭޓަރުން އިންތިހާ އަށް ދެކޮޅު ހެދި ނަމަވެސް، އަދި އޮތީ ވާވޭގެ މުވާސަލާތީ އާލާތްތައް ބޭނުންނުކުރާ ގޮތަށެވެ. އޮޕަރޭޓަރުން ބުނާ ގޮތުގައި، އަގު ހެޔޮ އިންވެސްޓްމަންޓްތަކަށް ފުރަގަސްދިނުމަށް ފަހު، އުފެއްދުންތެރިކަމަށް ދެކޮޅުހެދުމުން ގައުމު އަނަރޫފަވުން ނޫން ކަމެއް ނުވާނެ އެވެ. އިންވެސްޓަރުންނަށް އިތުބާރުކުރެވޭ ގައުމެއް ގޮތުގައި ދެމެހެއްޓުމަށް، މުވާސަލާޓީ އޮނިގަނޑު ޒާމާނީ ފެންވަރުގައި ދެމެހެއްޓެން ޖެހޭ ކަމަށް އޮޕަރޭޓަރުން ދެކެ އެވެ.

ވާވޭގެ އާލާތްތައް އިނގިރޭސިވިލާތުން ބޭރުކުރުމުން، އެ ގައުމަށް އޮތް ފުރުސަތު ބިނާވާނީ ނޮކިޔާ އަދި އެރިކްޝަންގެ އުފެއްދުންތެރިކަމަށެވެ. ވާވޭގެ އުފެއްދުންތެރިކަން އުޅެނީ މި ދެ ކުންފުންޏަށް ވުރެ ވެސް ކުރީގަ އެވެ. ޓެކްނޮލޮޖީގެ ގޮތުން ބަލާއިރު، ވާވޭ މިހާރު ވެސް ވަނީ 5ޖީ އަށް މުޅިން ތައްޔާރުވެފަ އެވެ. ވާވޭގެ 5ޖީ އާލާތްތައް ޓެސްޓްކުރުމަށްޓަކައި، ތައިލޭންޑްގައި ވެސް ވަނީ ނެޓްވޯކް އަޅައި، އޮޕަރޭޓަރުންނަށް އަޖުމަބެލުމަށް ދޫކޮށްފަ އެވެ.