Roadha Mihaaru
އެމްއެންޔޫގެ ސްކޮލަޝިޕް 16 ލެކްޗަރާއަކަށް ދީފި

އެމްއެންޔޫގެ ސްކޮލަޝިޕް 16 ލެކްޗަރާއަކަށް ދީފި

31 އޯގަސްޓް 2016

މުވައްޒަފުންގެ ފެންވަރު މަތިކުރަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހިންގާ ޕްރޮގްރާމުގެ ތެރެއިން އެ ޔުނިވާސިޓީގެ 16 ލެކްޗަރާއަކަށް މިއަދު ސްކޮލަޝިޕް ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުވައްޒަފުންގެ ފެންވަރު މަތިކުރަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހިންގާ ޕްރޮގްރާމުގެ ތެރެއިން އެ ޔުނިވާސިޓީގެ 16 ލެކްޗަރާއަކަށް މިއަދު ސްކޮލަޝިޕް ދީފި އެވެ.

ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، ހުރިހާ ޚަރަދެއް ޔުނިވަސިޓީން ދޭ ސްކޮލަޝިޕްތައް ހަވާލުކޮށްދެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފެވެ.

މި ސްކޮލަޝިޕްތަކުގައި ކިޔެވުމުގެ ފުރުސަތު ލިބޭނީ މި ސަރަހައްދުގެ ގައުމުތަކުންނެވެ. މިއަދު ހަވާލުކޮށްފައި ވަނީ މާސްޓާސްގެ އަށް ފުރުސަތާއި ޕީއެޗްޑީގެ އަށް ސްކޮލަޝިޕެވެ. މީގެ ތެރެއިން ޕީއެޗްޑީ ޕްރޮގްރާމްތަކުގައި ބައެއް ލެކްޗަރާއިން ރާއްޖޭގައި ކިޔަވާނެ އެވެ.

ޔުނިވާސިޓީން ބުނީ ސްކޮލަޝިޕްތައް ދީފައި ވަނީ އެމީހަކު މަސައްކަތްކުރި މުއްދަތާއި މަސައްކަތްކުރި ގޮތަށް ބަަލާފައި ކަމަށެވެ.

ސްކޮލަޝިޕަށް ކުރިމަތިލާން ދިން ފުރުސަތުގައި 39 މީހުން ކުރިމަތިލި އެވެ. އެއީ ޕީއެޗްޑީއަށް 24 އަދި މާސްޓާސް އަށް 15 އެވެ. ނަމަވެސް އިންޓަވިއު އާއި ކްރައިޓީރިއާ އަށް ބެލުމަށްފަހު ސްކޮލަޝިޕް ދީފައި ވަނީ 16 މީހުންނަށެވެ.

ޔުނިވަސިޓީން ބުނީ ކުރިއަށް އޮތް ތަނުގައި އިތުރު ލެކްޗަރާއިންނަށް ސްކޮލަޝިޕް ދޭނެ ކަމަށެވެ.