ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑި އަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.
13 އެޕްރީލް 2019
ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑި އަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.
ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވީ އެ ކައުންސިލްގައި ހިމެނޭ ތިން ކައުންސިލަރުންގެ ތެރެއިން ދެ ކައުންސިލަރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޖައުފަރާއި ކައުންސިލަރު މުހައްމަދު ނާފިއު އެވެ.
މާލެ އާއި ފިއްލަދޫގައި ބޭއްވި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ރިޔާޒަށް 352 ވޯޓު ލިބިވަޑައިގެންނެވި އިރު، ދެން ވާދަކުރެއްވި އެ ޕާޓީގެ އަނެއް ކެންޑިޑޭޓު މުހައްމަދު ޝިޔާދަށް ލިބިވަޑައިގަތީ 289 ވޯޓެވެ. ދެ ކެންޑިޑޭޓުންނާ ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ މުހައްމަދު މޫސާ އަށް 283 ވޯޓު އަދި މަރިޔަމް ޒޫނާ އަށް 184 ވޯޓު ލިބިވަޑައިގަތެވެ.
އާބާދީގައި 1،118 މީހުން ހިމެނޭ ފިއްލަދޫގެ ބައި އިލެކްޝަންގައި 783 މީހުންނަށް ވޯޓުލެވެ އެވެ. އެކަމަކު، ވޯޓުލާފައި ވަނީ 575 މީހުންނެވެ.
ބައި އިލެކްޝަންގެ ގިނަ ގޮނޑިތައް ސަރުކާރަށް
ކޮމާޝަލް ޕްރޮޖެކްޓްތަކަށް އިންޓްރެސްޓް ރޭޓް ކުޑަ ލޯނު
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް
ބައި އިލެކްޝަން: 2ޖެހުމާ ހަމައަށް ވޯޓުލީ 17ޕަސެންޓް
ވޯޓުލީ މީހުންގެ އަދަދު މަދުވުމުން އީސީގެ ކަންބޮޑުވުން!
ޑީޖޭއޭގެ އިހުމާލުން ގެއްލުނު ކެންޑިޑެސީ އަލުން ދެނީ
ދިއްގަރާއި ގާދިއްފުށީ ކައުންސިލްގެ ގޮނޑި އެމްޑީޕީއަށް
ފިއްލަދޫ، ކަނޑޫދޫ އިންތިޚާބުގެ މައްސަލަ ނާކާމިޔާބު
ކަނޑޫދޫ އާ ކައުންސިލް ހުވާކުރުން ފަސްކުރަން އަންގައިފި
ތިން ދާއިރާއެއްގެ އިންތިޚާބު މައްސަލަ ކޯޓުން ނާކާމިޔާބު