މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަނަކަށް ގާނޫނީ ވަކީލް މުހައްމަދު ޝަހުދީ އަންވަރު، ވައިސް ޗެއާ އަކަށް ވަކީލު ހުސެން ސިރާޖު އަދި މެންބަރު ކަމަށް ވަކީލް ސަފާ ޝަރީފް މިއަދު އައްޔަން ކުރައްވައިފި އެވެ.
17 އެޕްރީލް 2019
މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަނަކަށް ގާނޫނީ ވަކީލް މުހައްމަދު ޝަހުދީ އަންވަރު، ވައިސް ޗެއާ އަކަށް ވަކީލު ހުސެން ސިރާޖު އަދި މެންބަރު ކަމަށް ވަކީލް ސަފާ ޝަރީފް މިއަދު އައްޔަން ކުރައްވައިފި އެވެ.
އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމާއި އެ ބޯޑުގެ ޗެއާމަން ކަމަށް ޝަހުދީ އައްޔަންކުރެއްވީ އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޝަހުދީ އަކީ ރާއްޖޭގައި މަދަނީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ އަދި ރާއްޖޭން ބޭރުގައި ވެސް އާބިޓްރޭޝަންގެ މައްސަލަތަކުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.
އާބިޓްރޭޝަންގެ ސެންޓަރުގެ ބޯޑަކީ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކިކުރާނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ރައީސެވެ.
އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ހިންގުމަށް މަގުފަހިކޮށް ދިނުމާއި ރާއްޖޭގައި އާބިޓްރޭޓަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި މައްސަލަތައް ހައްލުކުރުމުގައި އާބިޓްރޭޝަންގެ މަގު އިހްތިޔާރުކުރަން ހިތްވަރު ދީ، އާބިޓްރޭޝަންގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމުގެ މަސްއޫލިއްޔަތު އޮންނަ ސެންޓަރެވެ.
އާބިޓްރޭޝަނަކީ މަދަނީ ޝަރުއީ މަރުހަލާއަށް ނުގޮސް، ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް އޮންނަ ނިޒާމެކެވެ. އާބިޓްރޭޝަންގައި މައްސަލަތައް ނިންމާނީ އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން އެއްބަސްވެވޭ ގޮތެއްގެ މަތިން އައްޔަންކުރާ އާބިޓްރޭޓަރުންނެވެ. އާބިޓްރޭޝަން ސެންޓަރުގެ ދައުރަކީ އެކަމަށް މަގުފަހިކޮށް ދިނުމާއި އެކަމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރުމެވެ.
ހާއްސަ ހުއްދައެެއް އޮތުމުން ބާ އެގްޒާމް ބޭނުމެއް ނުވޭ
ގާނޫނީ ރަދީފުގެ އައިއޯއެސް އެޕްލިކޭޝަން ލޯންޗްކޮޮށްފި
އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާދޭ ކޮމެޓީއެއް ނަގަނީ
ބާ ކައުންސިލާ މެދު ޔަގީންކަން އެބަ އޮތް: ރައީސް
ބިލް ތަސްދީގު ކުރުމާއެކު ލަތީފާގެ މަގާމު ގެއްލިއްޖެ
ބާ ކައުންސިލް އުފެއްދުމާގުޅޭ ބިލް ތަސްދީގު ކުރައްވައިފި
އާބިޓްރޭޝަން ސެންޓަރަށް ސީއީއޯ އަކު ހޯދަނީ
ފުރިހަމަ އާބިޓްރޭޝަންގެ ނިޒާމަކަށް ދިރާސާކުރަނީ
އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ޝަރުއީ ދާއިރާ އިތުބާރުކުރާ ތަނަކަށް ހަދާނަން: މަސްތޫރު