މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާ ދޭ ކޮމެޓީއެއް އެކުލަވާލަން ނިންމައި، އެ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލާން އެ ސެންޓަރުން ހުޅުވާލައިފި އެވެ.
02 އޮކްޓޯބަރ 2019
މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާ ދޭ ކޮމެޓީއެއް އެކުލަވާލަން ނިންމައި، އެ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލާން އެ ސެންޓަރުން ހުޅުވާލައިފި އެވެ.
އާބިޓްރޭޝަން ސެންޓަރުން ކުރި އިއުލާނެއްގައިވަނީ އެ ސެންޓަރުގެ އާބިޓްރޭޝަން ރޫލްސް މުރާޖާކޮށް، އެ ސެންޓަރުގެ ބޯޑުގެ މެމްބަރުންނަށް ލަފާ ދިނުމަށް 10 މެމްބަރުންގެ ދާއިމީ ކޮމެޓީއެއް އެކުލަވާލަން ބޭނުންވާ ކަމަށެވެ. އެހެންވެ އެ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައިވާ ގޮތުން އެ ކޮމެޓީގެ މެމްބަރުކަމުގެ ޝަރުތަކީ ގާނޫނީ ދާއިރާގައި 10 އަހަރުގެ ތަޖްރިބާ ލިބިފައިވުމާއި އާބިޓްރޭޝަން ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ މީހަކަށް ވުމެވެ. އެ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިއުލާނުގައިވެ އެވެ.
އާބިޓްރޭޝަން ސެންޓަރަކީ އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން ރާއްޖޭގައި އާބިޓްރޭޝަން ހިންގުމުގެ އުސޫލުތައް ކަނޑައެޅުމާއި އާބިޓްރޭޝަންގެ ނިޒާމު ރާއްޖޭގައި ކުރިއަރުވަން މަސައްކަތް ކުރާ އިދާރާ އެވެ. އެ ސެންޓަރުގެ ބޯޑުގެ ޗެއާމަން ކަމަށް ވަކީލް ޝަހުދީ އަންވަރު އައްޔަން ކުރައްވައި، ބޯޑު މެމްބަރު ކަމަށް ވަކީލް ހުސައިން ސިރާޖާއި ސަފާ ޝަރީފް ކުރިން ވަނީ އައްޔަން ކުރައްވައިފަ އެވެ.
އާބިޓްރޭޝަން ސެންޓަރަށް ސީއީއޯ އަކު ހޯދަނީ
އާބިޓްރޭޝަން ސެންޓަރަށް ސީއީއޯއަކު ހޯދަން އިއުލާންކޮށްފި
ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފި
އާބިޓްރޭޝަން ސެންޓަރު ރަސްމީކޮށް އިފުތިތާހުކޮށްފި
އާބިޓްރޭޝަން ސެންޓަރުން ހިދުމަތްދޭން ފަށައިފި
އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯއަކަށް މަމްދޫހާ އަލީ
އާބިޓްރޭޝަން ކޯހެއް އާބިޓްރޭޝަން ސެންޓަރުން ހިންގަނީ
ފުރިހަމަ އާބިޓްރޭޝަންގެ ނިޒާމަކަށް ދިރާސާކުރަނީ
އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަނަކަށް ޝަހުދީ
އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި