Roadha Mihaaru
މައްސަލަތަކުގެ އަސްލަކީ އެމެރިކާ އާއި އިޒްރޭލް: ރޫހާނީ

މައްސަލަތަކުގެ އަސްލަކީ އެމެރިކާ އާއި އިޒްރޭލް: ރޫހާނީ

19 އެޕްރީލް 2019

ތެހެރާން (އެޕްރީލް 19) - މެދުއިރުމަތީގައި އުފެދިފައިވާ މައްސަލަތަކުގެ އަސްލަކީ އިޒްރޭލާއި އެމެރިކާ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (އެޕްރީލް 19) - މެދުއިރުމަތީގައި އުފެދިފައިވާ މައްސަލަތަކުގެ އަސްލަކީ އިޒްރޭލާއި އެމެރިކާ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

"މެދުއިރުމަތީގެ ގައުމުތަކުން އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅޭތާ އެތައް ގަރުނެއް ވެއްޖެ. އެއްވެސް މައްސަލައެއް ދިމަލެއް ނުވޭ. މައްސަލައެއް ދިމާވަންޏާ އެކަމުގެ އަސްލަކީ ބޭރުގެ ކޮންމެ ވެސް ބައެއް،" ގައުމާ މުޚާތަބް ކުރައްވައި ރޫހާނީ ދެއްވި ތަގްރީރުގައި ވިދާޅުވި އެވެ. "އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެގެން ތެދުވަމާ."

އީރާނުގެ ސިފައިންގެ ޖެނެރަލުންނާ އެކު ދެއްވި ތަގްރީރުގައި ރޫހާނީ ވިދާޅުވީ ސަރަހައްދުގެ އެއްވެސް ގައުމަކާ ނުވަތަ އެއްވެސް ގައުމެއްގެ މަސްލަހަތަށް ބުރޫއަރާ ކަމެއް އީރާނުން ނުކުރާނެ ކަމަށެވެ. ނަމަވެސް އީރާނުގެ އަދުއްވުންނާ ދެކޮޅަށް ތެދުވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެދުގައި މައްސަލައެއް އުޅޭ ނަމަ އޭގެ އަސްލަކީ އެމެރިކާ އާއި އިޒްްރޭލް،" ރޫހާނީ ވިދާޅުވި އެވެ.

ރޫހާނީ ވިދާޅުވީ މެދުއިރުމަތީގައި ޒަޔަނިސްޓުން ޖަރީމާތައް ހިންގަމުން ގެންދާތާ 70 އަަށްވުރެ ގިނަ އަހަރު ވެއްޖެ ކަމާއި އެހެންވެ ހުރިހާ މުސްލިމުން ގުޅިގެން ފަލަސްތީނުގެ ދައުލަތް ހަގީގަތަކަށް ހަދަން ޖެހޭ ކަމަށެވެ.