Roadha Mihaaru
އިންވެސްޓުމަންޓުތައް އިތުރުކުރަން ކުންފުންޏެއް

އިންވެސްޓުމަންޓުތައް އިތުރުކުރަން ކުންފުންޏެއް އުފައްދައިފި

24 އެޕްރީލް 2019

ރާއްޖޭގައި އިންވެސްޓުމަންޓުތައް އިތުރުކޮށް، އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުންފުންޏެއް އުފައްދަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި އިންވެސްޓުމަންޓުތައް އިތުރުކޮށް، އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުންފުންޏެއް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި އުފެއްދި އެ ކުންފުނީގެ ބޭނުމަކީ، އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ރާއްޖޭގެ އެކި ސިނާއަތްތަކުގައި ކުރާ އިންވެސްޓްމެންޓުތައް އިތުރު ކުރުމަށް ކަމަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ އެ ކުންފުންޏަކީ ބޭރުގެ ބާޒާރުން ހެޔޮ އަގުގައި ފަންޑު ސްޓްރަކްޗާ މެދުވެރިކޮށް، ފައިސާ ހޯދުމަށް ޚާއްސަ ކޮށްފައިވާ ކުންފުންޏެކެވެ.

ރައީސް، މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން އުފެއްދެވީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.