Roadha Mihaaru
ލަންކާ މިސްކިތްތަކުގައި މިއަދު ހުުކުުރު ނުކުރަން އެދިއްޖެ

ލަންކާގެ މިސްކިތްތަކުގައި މިއަދު ހުުކުުރު ނުކުރަން އެދިއްޖެ

26 އެޕްރީލް 2019

ކޮލަމްބޯ (އެޕްރީލް 26) - މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާގެ ތިން ފައްޅިއަކާއި މަޝްހޫރު ތިން ހޮޓަލެއްގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާ އަށް ފަހު މުސްލިމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ލަންކާގެ މިސްކިތްތަކުގައި މިއަދު ހުކުރު ނަމާދު ނުކުރަން އެ ގައުމުގެ މުސްލިމް އެފެއާޒް މިނިސްޓަރު އަބްދުލް ހަލީމް އެދިވަޑައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އޭނާ ވިދާޅުވީ މިސްކިތްތަކުގައި ހުކުރު ކުރުން ކެންސަލް ކުރީ ޓެރަރިސްޓުންގެ ނާތަހުޒީބް އަމަލުތަކާ ދެކޮޅަށް އެއްބައިވަންތަކަން ދެއްކުމުގެ ގޮތުންނާ ވެސް އެކު ކަމަށެވެ.

"މުސްލިމުންނަށް ގޭގައި ވެސް ނަމާދު ކުރެވިދާނެ. އިންސާނިއްޔަތު ކަމެއް ނެތް ޓެރަރިސްޓް ގާތިލުންގެ އަމަލުތައް މާތްﷲ ނެތި ކުރައްވާނެ،" މިނިސްޓަރު އަބްދުލް ހަލީމް ވިދާޅުވި އެވެ.

އަނެއްކޮޅުން ލަންކާގެ ދީނީ އިލްމުވެރިން ހިމެނޭ އޯލް ސިލޯން ޖަމިއްޔަތުލް އުލަމާ އިން ވަނީ ބޮމުގެ ހަމަލާ ދިން މީހުންގެ ޖަނާޒާ މިސްކިތްތަކުގައި ބޭއްވުމަށް ދެކޮޅު ހަދައިފަ އެވެ. އެ ޖަމިއްޔާގެ ރައީސް ރިޒްވީ މުފްތީ ވިދާޅުވީ ކުށެއް ނެތް އެތައް ބަޔަކާ ދެކޮޅަށް ރަހުމެއް ނެތް ހަމަލާ ދިން މީހުންގެ ހަށިގަނޑުތައް މިސްކިތްތަކަށް ވެއްދުމަށް ނުރުހޭނެ ކަމަށެވެ.

ލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 10 ޕަސެންޓެވެ.