Roadha Mihaaru
ބިދޭސީއަކު ރަހީނުކޮށް ފައިސާތަކެއް ހޯދަން އުޅެފި

ބިދޭސީއަކު ރަހީނުކޮށް ފައިސާތަކެއް ހޯދަން އުޅެފި

02 މެއި 2019

މާލޭގައި ރޭ ދަންވަރު ބިދޭސީއަކު ރަހީނުކޮށް، އެހެން މީހެއްގެ އަތުން ފައިސާތަކެއް ހޯދަން އުޅެނިކޮށް ބަޔަކު ހައްޔަަރުކޮށްފި އެވެ.

މާލޭގައި ރޭ ދަންވަރު ބިދޭސީއަކު ރަހީނުކޮށް، އެހެން މީހެއްގެ އަތުން ފައިސާތަކެއް ހޯދަން އުޅެނިކޮށް ބަޔަކު ހައްޔަަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަންގްލަދޭޝްގެ 29 އަހަރުގެ މީހާ ރަހީނުކުރުމުގައި ހަތް ދިވެއްސަކު ވެސް ހިމެނޭ ކަމަށެވެ. މި މައްސަލާގައި 42 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

"ރަހީނުކޮށްފައިވާ ބިދޭސީ މީހާގެ ރައްޓެއްސަކަށް ގުޅައި 40،000 ރުފިޔާ ދިނުމަށް ޑިމާންޑްކޮށް މި ފައިސާ ކެންގަރޫ ކިޑްސް ކައިރި އަށް ބަލާ އައި ވަގުތު ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މި މީހާ ހައްޔަރުކޮށް ކުރުމަށް ފަހު، ރަހީނު ކުރި ބިދޭސީ މީހާ ދެއްކުމަށް ފުލުހުން އެންގުމުން ނިކަގަސް މަގުގައި ހުރި ގޯޅިއެއްގެ ތެރޭގައި އެ މީހާ ރަހީނުކޮށްފައިވާ ކަމަށް ބުނެފައިވާތީ ފުލުހުން ގޮސް އޭނާ ވަނީ ހޯދައިފަ އެވެ.

"މި މައްސަލައިގައި އިތުރަށް މައުލޫމާތު ސާފު ކުރުމުން މި އަމަލު ހިންގުމުގައި ހަތް ވަރަކަށް ދިވެހިން ބައިވެރިވެފައިވާ ކަމަށާއި ރަހީނު ކޮށްފައި ހުރި ބިދޭސީ މީހާގެ ގައިގައި ތަޅައި އަނިޔާކޮށް މާރާމާރީ ހިންގުމަށް ފަހު ދެ މޯބައިލް ފޯނާއި ކަރުގައި އަޅާފައި އޮތް ފަށާއި ތަޅުދަނޑިފައްޗެއް ފޭރިގެންފައިވާ ކަމަށް މައުލޫމާތު ލިބޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރަހީނު ކޮށްފައިވާ މީހާ ހުރި ސަރަހައްދަށް ދިއުމާ އެކު، އެކަމުގައި ބައިވެރިވި މީހުން ފިލާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.