Roadha Mihaaru
އަހަރެއް ކުރިން ވަގަށް ނެގި ތަކެތި ހޯދައިފި

އަހަރެއް ކުރިން ވަގަށް ނެގި ތަކެތި ފުލުހުން ހޯދައި މީހަކު ހައްޔަރުކޮށްފި

10 ޖޫން 2019

ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ ސައިޓުން މިދިޔަ އަހަރުގެ ކުރީިކޮޅު ވަގަށް ނަގާފައިވާ ސާމާނުތަކެއް ފުލުހުން ހޯދައި އެ މައްސަލައިގެ ތުހުމަތަށް ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ ސައިޓުން މިދިޔަ އަހަރުގެ ކުރީިކޮޅު ވަގަށް ނަގާފައިވާ ސާމާނުތަކެއް ފުލުހުން ހޯދައި އެ މައްސަލައިގެ ތުހުމަތަށް ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.

ޕްރެސާރިއޯ ކުންފުނީގެ އެ ތަކެތި ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެ މީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ހޯދާފައި ވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މަކިޓާ ބްރޭންޑްގެ ޓޫލްސް ތަކެކެވެ.

"އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން މިއަދު މެންދުރު ވަގުތެއްގައި،" ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.