Roadha Mihaaru
ފަތާ ޓްރެކް ފުންކުރާތީ އެތަން ބަންދުކޮށްފި

ފަތާ ޓްރެކް ފުންކުރާތީ އެތަން ބަންދުކޮށްފި

02 މެއި 2019

މާލެ ފަތާ ޓްރެކް ސަރަހައްދު ފުންކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލެ ފަތާ ޓްރެކް ސަރަހައްދު ފުންކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިލަވެފައިވާ ހިސާބު ފުންކުރަން ބޭނުންވާ ސާމާނު އެ ސަރަހައްދަށް ރޭގެ ވަގުތެއްގައި ގެންގޮސްފައިވާ ކަމަށާއި މިއަދު މަސައްކަތް ފަށާނެ ކަމަށެވެ.

މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއް

ފުންކުރުމުގެ މަސައްކަތް ކުރާތީ ސްވިމިން އެސޯސިއޭޝަނުން ވަނީ މި ދުވަސްވަރު ޓްރެކް ސަރަހައްދަށް މޫދަށް އެރުން ވަގުތީކޮށް މަނާކޮށްފަ އެވެ. އަދި އެތަން ދެން ހުޅުވާނީ ފުންކުރުމުގެ މަސައްކަތަށް ފަހު، އެތަން އަލުން ސާފުވީމާ ކަމަށް ވެސް އެތަނުން އިއްޔެ ބުންޏެވެ.

މިިނސްޓަރު މަހްލޫފް އިއްޔެ ކުރެއްވި ޓްވީޓެއް

މީގެ އިތުރުން ޓްރެކް ސަރަހައްދުގައި ރޭގަނޑު މޫދަށް އެރެވޭނެ ގޮތަށް، އެ ތަނުގައި ބޮކި ހަރުކޮށް ރެއިން ފެށިގެން ވަނީ ދިއްލަން ފަށައިފި އެވެ.