Roadha Mihaaru
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

03 މެއި 2019

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާ ވެސް މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާ ވެސް މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

ދައުލަތުގެ ހިއްސާވާ ކުންފުނި އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު އެންމެ ފަހުން ބޮޑުކޮށްފައި ވަނީ މިދިޔަ މާޗް 15 ގަ އެވެ.

އެސްޓީއޯ އިން މިއަދު ބުނީ ޕެޓްރޯލް ލިޓަރަކުން 70 ލާރި މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 11.49ރ. އަށެވެ. މިހާތަނަށް ޕެޓްރޯލް ލިޓަރެއް ވިއްކީ 10.79ރ. އަށެވެ.

ޑީސަލް ލިޓަރެއް މިއަދުން ފެށިގެން ވިއްކާނީ 12.11ރ. އަށެވެ. މިހާތަނަށް ޑީސަލް ލިޓަރެއް ވިއްކީ 11.61ރ. އަށެވެ. އެހެންކަމުން މިއީ 50 ލާރީގެ ބޮޑުވުމެކެވެ.

ތެލުގެ އަގު ބޮޑުކުރި މިންވަރު:

- މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 11.49ރ. އަށް. މިއީ ކުރިއާ ބަލާއިރު 70 ލާރީގެ ބޮޑުވުމެއް.

- ޑީސަލް ލިޓަރެއް މިއަދުން ފެށިގެން ވިއްކާނީ 12.11ރ. އަށް. މިއީ 50 ލާރީގެ ބޮޑުވުމެއް.

އެސްޓީއޯ އިން މިއަދުން ފެށިގެން ތެލުގެ އަގަށް ގެނައި ބަދަލު އަންގައިދޭ ޓުވީޓު

އެސްޓީއޯ އިން ބުނީ އޯޕެކުން ތެޔޮ އުފައްދާ މިންވަރު ދަށްކުރުމާއި އީރާނުން އުފައްދާ ތެޔޮ ގަންނަ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން މިދިޔަ މާޗް މަހުން ފެށިގެން ތެލުގެ އަގު ދަނީ ބޮޑުވަމުން ކަމަށެވެ. އެހެންވެ، އެސްޓީއޯ އަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖޭގައި ވެސް އަގު ބޮޑުކުރީ ކަމަށް އެ ކުންފުނިން ބުނެ އެވެ.