Roadha Mihaaru
ޕާކިސްތާނުގެ ކޯޓެއްގައި ބޮމުގެ ހަމަލާއެއް ދީ 12 މަރު

ޕާކިސްތާނުގެ ކޯޓެއްގައި ބޮމުގެ ހަމަލާއެއް ދީ 12 މީހުން މަރާލައިފި

02 ސެޕްޓެމްބަރ 2016

ކަރާޗީ (ސެޕްޓެމްބަރު 2) - ޕާކިސްތާނުގެ އުތުރުގެ މަދާންގެ ކޯޓެއްގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 12 މީހުން މަރުވެ 50 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކަރާޗީ (ސެޕްޓެމްބަރު 2) - ޕާކިސްތާނުގެ އުތުރުގެ މަދާންގެ ކޯޓެއްގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 12 މީހުން މަރުވެ 50 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ފުލުހުން ބުނީ ޖާނުންފިދާވުމުގެ ހަމަލާ ދިން މީހާ ވަނީ އެންމެ ފުރަތަމަ ކޯޓުގެ ތެރެއަށް އަތު ބޮމެއް އެއްލާފައި ކަމަށާއި އޭގެ ފަހުން ކޯޓު ތެރެއަށް ވަދެ އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ބޮން ގޮއްވާލީ ކަމަށެވެ.

މަރްދާންގެ ފުލުހުންގެ ޑިޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އިޔާޒް ޚާން ވިދާޅުވީ ކޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ތިން ވަކީލުންނާއި ފުލުހުންގެ ދެ މީހުން ހިމެނޭ ކަމަށެވެ. އަދި ހަމަލާ ދޭން އުޅުނު މީހާ މަސައްކަތް ކުރީ ގިނަ އަދަދެއްގެ ވަކީލުން ތިބި ކޯޓުގެ ބާ ރޫމަށް ވަންނަން ކަމަށާއި ނަމަވެސް އޭގެ ކުރިން ވަނީ ފުލުހުން ބަޑި ޖަހާ އެ މީހާ މަރާލައިފައި ކަމަށެވެ.

ޕާކިސްތާނުގެ ކޯޓަކަށް ދިން ހަމަލާގައި 12 މީހުން މަރުވެ 50 މީހުން ޒަޚަމްވި. --ފޮޓޯ:އޭއެފްޕީ

ޕާކިސްތާނުގެ ކޯޓަކަށް ދިން ހަމަލާގައި 12 މީހުން މަރުވެ 50 މީހުން ޒަޚަމްވި. --ފޮޓޯ:އޭއެފްޕީ

ޕިޝާވަރާ ކައިރީގައިވާ ކްރިސްޓިއަން ސަރަހައްދެއްގައި ވެސް މިއަދު ވަނީ ޖާނުންފިދާވުމުގެ ހަތަރު ހަމަލާއެއް ދޭން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ބޮން ގޮއްވާލުމުގެ ކުރިން އެ މީހުން ގަޔަށް ބަޑިޖަހާ ވަނީ މަރާލައިފަ އެވެ. މި ދެ ހަމަލާ ވެސް ދީފައި މި ވަނީ ޚައިބަރު ޕަޚްތުންކުވާ ޕްރޮވިންސްގަ އެވެ. ދެ ހަމަލާގެ ޒިންމާ ވެސް ވަނީ ތާލިބާނުންގެ ފެކްޝަނެއް ކަމަށްވާ ޖަމާއަތުލް އަހުރާރުން އުފުލައިފަ އެވެ.

ޕާކިސްތާނުގެ ގުއެޓާގެ ހޮސްޕިޓަލަކަށް އަމާޒުކޮށް މިދިޔަ މަހު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ވަނީ 18 ވަކީލުން މަރުވެފަ އެވެ. މި ހަމަލާގެ ޒިންމާ ވެސް ވަނީ ޖަމާއަތުލް އަހުރާރުން އުފުލައިފަ އެވެ.