Roadha Mihaaru
ކޮއްކޮ މަރާލި ކަމަށް އެއްބަސްވި ބޭބެ ދޫކޮށްލައިފި

ޕާކިސްތާނުގެ މޮޑެލްއެއް މާރަލި ކަމަށް އެއްބަސްވި އޭނާގެ ބޭބެ ކޯޓުން ދޫކޮށްލައިފި

17 ފެބުރުއަރީ 2022

ޕާކިސްތާނުގެ މަޝްހޫރު މޮޑެލްއެއް ކަމަށްވާ ފައުޒިއާ އަޒީމް ނުވަތަ އާންމު ނަމުން ނަމަ، ގަންދީލް ބެލޮޗް މަރާލި ކަމަށް އެއްބަސްވެ، އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ އޭނާގެ ބޭބެ ކޯޓުން މިދިޔަ އަންގާރަ ދުވަހު މިނިވަންކޮށްފި އެވެ.

ޕާކިސްތާނުގެ މަޝްހޫރު މޮޑެލްއެއް ކަމަށްވާ ފައުޒިއާ އަޒީމް ނުވަތަ އާންމު ނަމުން ނަމަ، ގަންދީލް ބެލޮޗް މަރާލި ކަމަށް އެއްބަސްވެ، އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ އޭނާގެ ބޭބެ ކޯޓުން މިދިޔަ އަންގާރަ ދުވަހު މިނިވަންކޮށްފި އެވެ.

ޕާކިސްތާނުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ގަންދީލްގެ ބޭބެ، ވަސީމް އަޒީމް މިނިވަންވީ އޭނާގެ މައިންބަފައިން އޭނާގެ އެ ކުށަށް މާފުދިނުމުންނެވެ.

"އަހަރެންގެ ފިރިހެން ދަރި މިނިވަންވީމަ ވަރަށް އުފާވޭ. އެކަމަކު އަހަރެންގެ އަންހެން ދަރިފުޅު ވަކިވުމުން އެކަމުގެ ހިތާމަ ވެސް އެބަ އޮތް،" އެ ދެބެއިންގެ މަންމަ އަންވަރު ބިބީ ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ޕާކިސްތާނުގެ މޮޑެލް ގަންދީލް ބެލޮޗް.

ޕާކިސްތާނުގެ މޮޑެލް ގަންދީލް ބެލޮޗް.

ގަސްތުގައި މީހަކު މާރާލި ކަމުގެ ކުށް ސާބިތުވެ، ވަސީމް އުމުރު ދުވަހަށް ޖަލަށްލީ 2019 ވަނަ އަހަރު އެވެ. ވަސީމް އޭނާގެ ކޮއްކޮ، ގަންދީލް 2016 ވަނަ އަހަރު މަރާލީ ދަންޖައްސައިގެންނެވެ.

ސޯޝަލް މީޑިއާއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި، ގަންދީލް ފާހަގަކުރެވުނީ ޕާކިސްތާނުގެ ޒަމާންވީ ބޯދާ ވިސްނުންތަކާ ވަރަށް ފާޅުގައި ދެކޮޅު ހެދި މީހެއްގެ ގޮތުގަ އެވެ. އެ ގައުމުގައި މީހުން ވާހަކަދައްކަން ވެސް ނުކެެރޭ ބައެއް މައްސަލަތަކަށް އޭނާ ވަރަށް ފާޅުގައި ފާޑުކިޔެވެ. އަދި އޭނާ ސޯޝަލް މީޑިއާގައި އާންމުކުރާ މޮޑެލިން ފޮޓޯތަކުގެ ސަބަބުން ވެސް ބައެއް މީހުން ވަރަށް ނުރުހުނެވެ.

ގަންދީލް މަރާލީ އޭނާ ފޭސްބުކްގައި އާންމުކުރި ފޮޓޯއެއްގެ ސަބަބުން ކަމަށް ވަސީމް އޭނާގެ ކުށުގެ އިއުތިރާފުގައި ބުނެފައިވެ އެވެ. އެއީ ޕާކިސްތާނުގެ މުފްތީ އަބްދުލް ގާވީއާ އެކު ގަންދީލް ނެގި ސެލްފީއެއްގެ ސަބަބުންނެވެ. ވަސީމް ބުނީ އެއީ "ލަދު ހަޔާތް ކެނޑިގެން" އޭނާގެ ކޮއްކޮ އާންމުކުރި ފޮޓޯތަކެކެވެ.

ޕާކިސްތާނުގެ މޮޑެލް ގަންދީލް ބެލޮޗް މަރާލި ކަމަށް އެއްބަސްވި އޭނާގެ ބޭބެ ވަސީމް އަޒީމް.

ޕާކިސްތާނުގެ މޮޑެލް ގަންދީލް ބެލޮޗް މަރާލި ކަމަށް އެއްބަސްވި އޭނާގެ ބޭބެ ވަސީމް އަޒީމް.

"އަހަރެން ފުރަތަމަ އޭނާ އަށް ބޭސް ދީގެން ހޭ ނައްތާލީ. އެއަށް ފަހު މަރާލީ،" ވަސީމްގެ އިއުތިރާފުގައި ބުނެފައިވެ އެވެ. "އަންހެން ކުދިން އުފަންވަނީ ގޭގައި ތިބެ، ސަގާފަތާ އެއްގޮތަށް ދިރިއުޅެން. އަހަރެންގެ ކޮއްކޮ އުޅުނީ އެގޮތަށް ނޫން."

ގަންދީލް މަރާލި މައްސަލައިގައި ޕާކިސްތާނުގެ މަޝްރަހު އެ ދުވަސްވަރު ވަރަށް ބޮޑަށް ހޫނުވެ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އޭނާގެ މަރުގެ ތިން މަސް ފަހުން އާއިލާގެ ނަން ހަރާބުވިޔަނުދިނުމުގެ ނަމުގައި އަންހެން ކުދިންނާއި އަންހެނުން މެރުން ބޮޑު ކުށަކަށް ހަދައި ގާނޫނެއް ފާސްކޮށްފަ އެވެ.