Roadha Mihaaru
ސޫފީން އަޅުކަންކުރާ ތަނަކަށް ދިން ހަމަލާގައި 72 މަރު

ޕާކިސްތާނުގައި ސޫފީން އަޅުކަން ކުރާ ތަނަކަށް އައިއެސް އިން ދިން ހަމަލާގައި 72 މީހުން މަރާލައިފި

17 ފެބުރުއަރީ 2017

އިސްލާމްއާބާދު (ފެބްރުއަރީ 17) - ޕާކިސްތާނުގެ ދެކުނުގައި ސޫފީން އަޅުކަންކުރާ މިސްކިތަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 72 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ފެބްރުއަރީ 17) - ޕާކިސްތާނުގެ ދެކުނުގައި ސޫފީން އަޅުކަންކުރާ މިސްކިތަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 72 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސިންދު ޕްރޮވިންސްގެ ސެހުވާން ޓައުނުގައި ސޫފީން އަޅުކަން ކުރާ ތަނުގައި އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން އިރު އެ ތަނަށް އަޅުކަން ކުރަން ވަދެ ގިނަ ބަޔަކު ތިބި ކަމަށް ފުލުހުން ބުންޏެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި ގައިގައި ހަރުކޮށްފައިވާ ބޮން ގޮއްވާލުމުގެ ކުރިން އެ މީހާ ވަނީ އަތު ބޮމެއް ވެސް އެއްލައިފަ އެވެ.

ސޫފީން އަޅުކަން ކުރާ ތަނެއްގައި ޖާނުންފިދާވުމުގެ ހަމަލާ ދިން އިރު އެ ތަނުގައި ދީނީ ނެށުމެއް ކުރިއަށް ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނި. --ފޮޓޯ:އީޕީއޭ

ސޫފީން އަޅުކަން ކުރާ ތަނެއްގައި ޖާނުންފިދާވުމުގެ ހަމަލާ ދިން އިރު އެ ތަނުގައި ދީނީ ނެށުމެއް ކުރިއަށް ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނި. --ފޮޓޯ:އީޕީއޭ

ޕާކިސްތާނުގައި އެމްބިއުލެންސްގެ ޚިދުމަތްދޭ އެދީ ވެލްފެއާ ޓްރަސްޓުން ބުނީ ބޮމުގެ ހަމަލާގައި 43 ފިރިހެނުންނާއި ނުވަ އަންހެނުންނާއި 20 ކުޑަ ކުދިން މަރުވެފައިވާ ކަމަށެވެ. ހަމަލާގައި ވަނީ 250 މީހުން ޒަޚަމްވެފަ އެވެ.

ޕާކިސްތާނުގައި ހަނގުރާމަވެރިން ދޭ ހަމަލާތަކާ ދެކޮޅަށް ޖޫން 2014 ގައި ސިފައިން ފެށި އޮޕަރޭޝަނާ ގުޅިގެން ހަމަލާތައް މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާ ވެސް މިވަނީ ހަނގުރާމަވެރިންގެ ހަމަލާތައް އިތުރު ކުރަން ފަށައިފަ އެވެ. އާދިއްތަ ދުވަހުގެ ފަހުން ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ދިން ޖާނުންފިދާވުމުގެ ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ޕާކިސްތާން ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ ވަނީ ޕާކިސްތާނުގެ ބިމަށް ވެއްޓޭ ކޮންމެ ލޭތިއްކެއްގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އިއްޔެ ދެއްވައިފަ އެވެ.