Roadha Mihaaru
އީރާނު ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

އީރާނު ބޯޓުން މިހާތަނަށް 50 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

07 މެއި 2019

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓުން މިހާތަނަށް ގާތްގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓުން މިހާތަނަށް ގާތްގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ރޭ އަތުލައިގެން އީރާނު ބޯޓު މާލެ ގެންނަނިކޮށް މިއަދު ވަނީ، ކ. ވިލިނގިލީ ކައިރީގައި އޮންނަ ފަރަކަށް އަރައިފަ އެވެ. އެހެންވެ، ބޯޓު ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ފަރުމަތީގައި ބާއްވައިގެންނެވެ.

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް މިއަދު ވިދާޅުވީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ބޯޓުން ފެނިފައިވާއިރު، އަދިވެސް އަންނަނީ ބޯޓު ބަލައި ފާސްކުރަމުންނެވެ. އެހެންވެ، އެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވެ އެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތި ފޮރުވާފައި ހުރީ ބޯޓުގެ ކޮމްޕާޓްމެންޓްތަކުގައި އިތުރު ފައިބަރު ލޭޔަރެއް އަޅައިގެން ނުފެންނަ ގޮތަށް ފޮރުވައިގެން ކަމަށެވެ.

ފަރަށް އަރާފައިވާ އީރާނުގެ ބޯޓު ފުންކުރުމުގެ މަސައްކަތް ހިނގާގޮތް ބަލާލުމަށް ހޯމް މިނިސްޓަރު އިމްރާނާއި ފުލުހުންނާއި ސިފައިންގެ ބައެއް އިސްވެރިން އެ ސަރަހައްދުގައި

ފަރަށް އަރާފައިވާ އީރާނުގެ ބޯޓު ފުންކުރުމުގެ މަސައްކަތް ހިނގާގޮތް ބަލާލުމަށް ހޯމް މިނިސްޓަރު އިމްރާނާއި ފުލުހުންނާއި ސިފައިންގެ ބައެއް އިސްވެރިން އެ ސަރަހައްދުގައި

މި މައްސަލައާ ގުޅިގެން ބޯޓުގެ ހަތް ފަޅުވެރިން ހައްޔަރުކޮށްފައިވާއިރު މިއަދު ވަނީ އެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފަ އެވެ.

ފަރަށް އަރާފައިވާ މި ބޯޓު ފުންކުރުމުގެ މަސައްކަތް ހިނގަމުން އަންނަ ގޮތް ބަލާލުމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންނާއި ސިފައިންގެ ކޯސްޓްގާޑުގެ ބައެއް އިސްވެރިން ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.