Roadha Mihaaru
އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަޒްހާ

އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަޒްހާ

03 ސެޕްޓެމްބަރ 2016

އިސްކަންދަރު ސްކޫލުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް އަޒްހާ އިބްރާހިމް ރޭ ހޮވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްކަންދަރު ސްކޫލުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް އަޒްހާ އިބްރާހިމް ރޭ ހޮވައިފި އެވެ.

އެ ސްކޫލުގެ މިދިޔަ އަހަރުގެ ކެޕްޓަން އަޒްހާ ވަނީ ކެމިސްޓްރީ އާއި އިކޮނޮމިކްސް އިން ދުނިޔެއިން އެއް ވަނަ އަދި ފިޒިކްސް އިން ދުނިޔެއިން ހަތަރު ވަނަ ހޯދައިފަ އެވެ. އަދި ރާއްޖޭގެ ގަދަ 10 އަކުން ވެސް އެއް ވަނަ އޭނާ ހޯދި އެވެ.

އަޒްހާ އަށް އެވޯޑުތައް ހަވާލުކޮށްދެއްވީ އިސްކަންދަރު ސްކޫލުގައި ރޭ ބޭއްވި މިިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގެ ޝަރަފުވެރިމެހެމާން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

އިސްކަންދަރު ސްކޫލުން މިދިޔަ އަހަރު ރަނގަޅު ކާމިޔާބީއެއް ހޯދި ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ކ) ރޭ ތަށި ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސްކޫލުން މިދިޔަ އަހަރު ރަނގަޅު ކާމިޔާބީއެއް ހޯދި ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ކ) ރޭ ތަށި ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސްކޫލުގެ މިިދިޔަ އަހަރުގެ ހުރިހާ ގޮތަކުން މޮޅު ތިން ދަރިވަރުން ހޮވި އެވެ. އަޒްހާ އަށް އެއްވަނަ ލިބުނު އިރު އައިޝަތު އަޒަލް އަލީ ޒާހިރު ވަނީ ދެވަނަ ހޯދައިފަ އެވެ. ތިންވަނަ ހޯދީ އިބްރާހިމް ޝައްމާހް އިޔާޒެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒީރު ވިދާޅުވީ އެކި ސަގާފަތްތަކަށް އުޅެމުން އަންނަ މީހުން ރާއްޖެ އަންނަ ކަމަށާއި އެކަންތައްތަކާ ގުޅިގެން ގައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ލޯހުޅުވިފައިވާ ދަރިވަރުންތަކެއް އުފައްދަންޖެހޭ ކަމަށެވެ.

އިސްކަންދަރު ސްކޫލުގައި ރޭ ބޭއްވި އިނާމު ދިނުމުގެ ހަފުލާގެ ޝަރަފުވެރި މެހުމާން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ނަޒީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސްކޫލުގައި ރޭ ބޭއްވި އިނާމު ދިނުމުގެ ހަފުލާގެ ޝަރަފުވެރި މެހުމާން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ނަޒީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ގައުމެއްގައި އުޅޭ މީހަކަށް ވީތީ ބޮލުގައި އެޅިފައިވާ ޒިންމާތަކެއް ހުންނާނެ ކަމަށާއި އެކަންތައްތަކުގައި ތެދުވެރިވެ ކުރިއަށް އޮތް ޖީލުތަކަށް މި ގައުމު ތެދުވެރިކަމާއެކު ފޯރުކޮށްދޭންޖެހޭ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުން ރޭ ވަނީ 129 ދަރިވަރަކަށް އިނާމު ދީފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު އެ ސްކޫލުން އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި ހިމެނެނު ދަރިވަރުންނާއި އެކި މުބާރާތްތަކުން ރަން ވަނަތައް ހޯދި ދަރިވަރުން ހިމެނެ އެވެ.