Roadha Mihaaru
ދަރިވަރުން މަދު ސްކޫލުތަކުގައި ވާޗުއަލްކޮށް ކިޔަވައިދެނީ

50 އަށް ވުރެ ދަރިވަރުން މަދު ސްކޫލުތަކަށް ވާޗުއަލްކޮށް ކިޔަވައިދެނީ

21 ޖެނުއަރީ 2018

ދަރިވަރުންގެ އަދަދު 50 އަށް ވުރެ މަދު ސްކޫލުތަކުގައި އިންޓަނެޓްގެ ޒަރީއާ އިން ވީޑިއޯ މެދުވެރިކޮށް (ވާޗުއަލްކޮށް) ކިޔަވައިދިނުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުންގެ އަދަދު 50 އަށް ވުރެ މަދު ސްކޫލުތަކުގައި އިންޓަނެޓްގެ ޒަރީއާ އިން ވީޑިއޯ މެދުވެރިކޮށް (ވާޗުއަލްކޮށް) ކިޔަވައިދިނުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ވާޗުއަލްކޮށް ކިޔަވައިދިނުމުގެ މަޝްރޫއު ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ދަރިވަރުންގެ އަދަދު 50 އަށް ވުރެ މަދުކަމަށް މިހާރު ރަޖިސްޓްރީ ކުރެވިފައިވަނީ ނުވަ ސްކޫލެއްގަ އެވެ. އެއީ ހއ. ތަކަންދޫ، ހއ. މޮޅަދޫ، ނ. ފޮއްދޫ، ނ. މަންދޫ، ބ. ފުޅަދޫ، އދ. ދިއްދޫ، މ. ރަތްމަންދޫ، މ. ވޭވަށް އަދި ގއ. ކޮނޑޭ އެވެ. އެ ސްކޫލުތަކުގައި ވާޗުއަލްކޮށް ކިޔަވައިދޭނީ އިސްކަންދަަރު ސްކޫލުންނެވެ.

ވާޗުއަލް ކްލާސްރޫމު މަޝްރޫއު ފެށުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްކޫލޔތ- ފޮޓޯ: ނިޝާން އަލީ/ މިހާުރު

ވާޗުއަލް ކްލާސްރޫމު މަޝްރޫއު ފެށުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްކޫލޔތ- ފޮޓޯ: ނިޝާން އަލީ/ މިހާުރު

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ އަށް މުހިއްމު އިންގިލާބީ ބަދަލުތަކެއް އަންނަ އިރު އެންމެ ބޮޑު އިސްކަމެއް ދެނީ ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަށް ކަމަށެވެ. އެ ގޮތުން ދުނިޔެ ތަރައްގީވެ ކުރިއަރައިގެން އަންނަ ވަރަކަށް ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަސީލަތްތަކަށް ވެސް އެންމެ ފައިދާ ހުރި ގޮތަކަށް ދަރިވަރުން ހޭލުންތެރިކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމުގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުން އަމިއްލަ ދިރިއުޅުމަށާއި ވަޒީފާގެ ބާޒާރަށް ތައްޔާރު ކޮށްދިނުމެވެ. އެ މަސައްކަތުގެ އެންމެ ބޮޑު ކުރިއެރުމަކީ، މި އަހަރުގެ ތެރޭގައި، ރާއްޖޭގެ ސްކޫލުތަކުގައި ޓެބްލެޓް ބޭނުން ކުރަން ފެށުން ކަމަށް ވެސް ވިދާޅުވި އެވެ.

ވާޗުއަލް ކްލާސްރޫމު މަޝްރޫއު ފެށުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާުރު

ވާޗުއަލް ކްލާސްރޫމު މަޝްރޫއު ފެށުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާުރު

"މި ދެންނެވި ވަސީލަތްތަކަކީ އަޅުގަނޑުމެން ކުރިއަރައިދާ ވަރަކުން، ދަރިވަރުންނަށް ކޮންމެހެން ލިބެންޖެހޭ މައުލޫމާތާއި ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭ ހުނަރުތައް އަށަގެންނެވުމަށް ބޭނުންކުރެވޭ ވަސީލަތްތަކެއް. އެ ވަސީލަތްތަކުގެ ސަބަބުން ތައުލީމީ ދާއިރާ އިން ހާސިލް ކުރަންޖެހޭ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ބޭނުންވާ ތަފާސްހިސާބު ހޯދަން ފަސޭހަވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މިއަދު ފެށިގެން ދިޔައީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވާޗުއަލް ކްލާސްރޫމު މަޝްރޫއު ފެށުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްކަންދަރު ސްކޫލުެ ބޭންޑުން ހުށަހަޅައިދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާުރު

ވާޗުއަލް ކްލާސްރޫމު މަޝްރޫއު ފެށުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްކަންދަރު ސްކޫލުެ ބޭންޑުން ހުށަހަޅައިދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާުރު

މި ރަސްމިއްޔާތަށް ފަހު ވާހަކަދައްކަވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުުވީ، ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރި އަށް ގެންދިޔަ އެ މަސައްކަތަށް ޓީޗަރުންނާއި ދަރިވަރުން އަހުލުވެރި ކޮށްފައިވާ ކަމަށެވެ.

އެގޮތުން ވާޗުއަލްކޮށް ކިޔަވައިދިނުމަށް ނުވަ ސްކޫލެއްގައި ކްލާސްރޫމް ވެސް ތައްޔާރު ކޮށްފައިވެ އެވެ. އެ ސްކޫލްތަކުގެ ދަރިވަރުންނަށް ވާޗުއަލްކޮށް ކިޔަވައިދޭނީ މާލޭގެ އިސްކަންދަރު ސްކޫލްގައި އެކަމަށް ޚާއްސަކޮށްފައި ހުންނަ ކްލާސްރޫމެއްގައި ތިއްބަވާ ޓީޗަރުންނެވެ.

ޝަފީއު ވިދާޅުވީ ސްކޫލުތަކުގައި ދަރިވަރުންގެ އަދަދު މަދުވުމުން، ސްކޫލު މާހައުލުން ދަރިވަރުން އެނގެންޖެހޭ ބައެއް ކަންތައްތައް ކިޔަވައިދިނުމުގައި ހުރަސްތަކެއް ދިމާވާ ކަމަށެވެ.

އިސްކަންދަރު ސްކޫލާއި ނުވަ ރަށެއްގެ ސްކޫލްތައް ގުޅުވާލިކަމުގައި ވިއަސް، އެ ނުވަ ސްކޫލްގައި ޓީޗަރުން ތިބޭނެ ކަމަށާއި، ކްލާސްތައް ހިންގާނީ، އިސްކަންދަރު ސްކޫލާއި އެ ނުވަ ސްކޫލާ ގުޅިގެން ކަމަށް ޝަފީއު ވިދާޅުވި އެވެ.