Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
4 ފުރޮޅުލީ އުޅަނދަށް ވަންވޭ ކުރުމުން މަޖީދީމަގަށް ލުއިވާނެ

ހަތަރު ފުރޮޅުލީ އުޅަނދަށް މަޖީދީމަގު ވަންވޭ ކުރުމުން ލުއިވާނެ: ޓްރެފިކް ޕޮލިސް

09 މެއި 2019

ހަތަރު ފުރޮޅުލީ އުޅަނދަށް މަޖީދީ މަގުގެ ވަކި ހިސާބެއް ވަންވޭ ކުރުމުން އެ މަގަށް ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަތަރު ފުރޮޅުލީ އުޅަނދަށް މަޖީދީ މަގުގެ ވަކި ހިސާބެއް ވަންވޭ ކުރުމުން އެ މަގަށް ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަދި ހެޑް އޮފް ޓްރެފިކް ޕޮލިސް ޔުނިޓް މުހައްމަދު ލުތުފީ ވިދާޅުވީ، މި ރޯދަ މަހު ސްކޫލުތަކާއި އޮފީސްތައް ނިމޭ ވަގުތާއި މުދާ އުފުލާ ގަޑިއާ ދިމާވާތީ މަޖީދީމަގަށް ވަރަށް ބާރު ބޮޑު ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ރޯދަ މަސް ނިމެންދެން ހެނދުނު 8:00 އިން ފެށިގެން މެންދުރު 2:00 އަށް ހަތަރު ފުރޮޅުލީ އުޅަނދު މަޖީދީ މަގުގައި ދުއްވޭނީ ހަމައެކަނި ހުޅަނގުން އިރަށް ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.

ފުލުހުން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ރަސްމީ ދުވަސްތަކުގައި މަޖީދީ މަގުން ދުއްވޭނީ ހުޅަނގުން އިރަށް ކަމަށެވެ. އެކަމަކު، ލުތުފީ މިއަދު ވިދާޅުވީ ވަންވޭ ކޮށްފައިވަނީ ސޯސަންމަގުން ފެށިގެން މާވެޔޮ މަގާ ހަމައަށް ކަމަށެވެ. އެ ގޮތަށް ނިންމީ އަލިކިލޭގެފާނު މަގާއި މަޖީދީމަގާ ގުޅުނު ކަންމަތިން ވަރަށް ބޮޑަށް ތޮއްޖެހޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވި ގޮތުގައި، ހަތަރު ފުރޮޅުލީ އުޅަނދަށް މަޖީދީ މަގުގެ ބޮޑު ބައި ވަންވޭ ކުރީ ރޯދަ މަހުގެ ފުރަތަމަ ތިން ދުވަހަށް ބެލުމަށް ފަހު އެވެ. އަދި އެ ބަދަލު ގެނައި ނަމަވެސް އެހެން ސަރަހައްދުތަކަށް ބާރު ބޮޑު ކަމަކަށް ފާހަގަނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

"މި ބަދަލުގެ ސަބަބުން މަޖީދީ މަގަށް ވަރަށް ބޮޑު ލުއިވެގެންދާނެ،" ލުތުފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލޭގެ އެންމެ ބާރު ބޮޑު މަގުގެ ވަކި ސަރަހައްދެއް މީގެ ކުރިން ވެސް ރޭގަނޑު، 8:00 އިން ފެށިގެން ފިހާރަތައް ބަންދުކުރަންދެން ވަންވޭ ކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ޓްރެފިކަށް ލުޔެއް އައި ކަމުގައި ވިއަސް އެކަން ދާއިމީއެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

މަޖީދީ މަގުގެ އިތުރުން ޣިޔާސުއްދީން ސްކޫލު ހިމެނޭ ސަރަހައްދު ވެސް ހެނދުނުގެ ކުޑަ ވަގުތުކޮޅަކަށް ވަންވޭ ކުރެ އެވެ. އަދި އަރަބިއްޔާ ސްކޫލާއި އަމީނިއްޔާގެ އިތުރުން އިސްކަންދަރު ސްކޫލު ހިމެނޭ ސަރަހައްދަށް ބާރު ބޮޑުވުމުން، އެ ސަރަހައްދުގެ ޓްރެފިކަށް ގެނެވޭނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ލުތުފީ ވިދާޅުވި އެވެ.