Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މަޖީދީމަގު ވަންވޭ ކުރަނީ

ކޮންމެ ދުވަހެއްގެ ހެނދުނު 8-2 އަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މަޖީދީ މަގު ވަންވޭ ކުރަނީ

08 މެއި 2019

މުދާ އުފުލާ ވަގުތުތަކާއި ސްކޫލްތައް ނިމޭ ގަޑިއާ ދިމާވެ، މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ބާރު ބޮޑުވާތީ މާދަމާ އިން ފެށިގެން އެ މަގުގައި ކޮންމެ ދުވަހެއްގެ ހެނދުނު 8 ން މެންދުރު 2 އަށް ހަތަރު ފުރޮޅުލީ އުޅަނދު ދުއްވޭނީ ހަމައެކަނި ހުޅަނގުން އިރަށް ކަމަށް ފުލުހުން މިއަދު ހަމަޖައްސައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މުދާ އުފުލާ ވަގުތުތަކާއި ސްކޫލްތައް ނިމޭ ގަޑިއާ ދިމާވެ، މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ބާރު ބޮޑުވާތީ މާދަމާ އިން ފެށިގެން އެ މަގުގައި ކޮންމެ ދުވަހެއްގެ ހެނދުނު 8 ން މެންދުރު 2 އަށް ހަތަރު ފުރޮޅުލީ އުޅަނދު ދުއްވޭނީ ހަމައެކަނި ހުޅަނގުން އިރަށް ކަމަށް ފުލުހުން މިއަދު ހަމަޖައްސައިފި އެވެ.

އެ ނިންމުމާ އެކު، ރޯދަ މަސް ނިމެންދެން، ހެނދުނު 8 ން މެންދުރު 2 އަށް، މާލޭގެ އެންމެ ބާރު ބޮޑު މަގުގައި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވޭނީ މާފަންނު ރަސްފަންނުން ފެށިގެން ހެންވޭރު އާޓިފިޝަލް ބީޗާ ވީ ކޮޅަށެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއް

މި ރޯދަ މަހު މާލޭގައި މުދާ އުފުލަން ކަނޑައަޅާފައި ވަނީ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ރޭގަނޑު 9:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އާ ދެމެދުގެ ވަގުތުތަކުގަ އެވެ.

މާލޭގެ މަގުތަކުގެ ރައްކާތެރިކަމަށްޓަކައި މި ރޯދަ މަހު ފުލުހުން އަންނަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ފުލުހުން މިހާރު ވަނީ މާލޭގައި ޓްރެފިކް ތޮއްޖެހޭ 15 ސަރަހައްދެއް ފާހަގަކޮށް، އެ ތަންތަން ބަލަހައްޓަން ފަށައިފަ އެވެ.