Roadha Mihaaru
އާޓިސްޓުންގެ ޝަކުވާތައް މުޅިން ތަފާތު ގޮތަކަށް

އާޓިސްޓުންގެ ޝަކުވާތައް މުޅިން ތަފާތު ގޮތަކަށް ދައްކުވައިދީފި

10 މެއި 2019

"ވަންނާނެ ތަނެއް ނެތް" ބައެއްގެ ގޮތުގައި ސިފަކޮށް ރާއްޖޭގެ އާޓިސްޓުންގެ ޝަކުވާތައް އާންމުންނާ ހަމައަށް ތަފާތު ގޮތަކަށް އިއްޔެ ދައްކާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

"ވަންނާނެ ތަނެއް ނެތް" ބައެއްގެ ގޮތުގައި ސިފަކޮށް ރާއްޖޭގެ އާޓިސްޓުންގެ ޝަކުވާތައް އާންމުންނާ ހަމައަށް ތަފާތު ގޮތަކަށް އިއްޔެ ދައްކާލައިފި އެވެ.

އާޓް ގެލަރީ ކުރިމަތީގައި ހުރެގެން އާޓިސްޓަކު އެ "ޕާފޯމަންސް އާޓް" އިން ދައްކުވައިދިނީ ރާއްޖޭގެ އާޓިސްޓުންނަށް ދިމާވެފައިވާ އެކި މައްސަލަތަކެވެ. މި ޝަކުވާތައް އާންމުންނާއި ކަމާ ބެހޭ ފަރާތްތަކަށް ހިއްސާ ކުރީ އޭނާގެ ގައިގައި އެ ޝަކުވާތައް ލިޔެގެންނެވެ.

ހުދު ކުލައިން ޝަކުވާތައް ލިޔެގެން ހުރި މީހާ ކައިރީގައި ގޯންޏަކާއި ދަގަނޑު ދަޅެއް ވެސް ހުއްޓެެވެ. އެއީ އެ މީހާ ވަންނާނެ ތަނެއް ނެތްކަން ނުވަތަ "ހޯމްލެސް" ކަން ދައްކުވައިދޭށެވެ. ހޯމްލެސް އާޓިސްޓުން އުފެދުނީ ސަރުކާރުން އެ މީހުންނަށް ދޭންވާ އެއްބާރުލުމާއި އަޅާލުން ނުދޭތީ ކަމަށް އެ މީހުން ބުންޏެވެ.

އާޓިސްޓުންގެ ޝަކުވާތައް ދައްކުވައިދޭ މީހެއް ނެޝަނަލް އާޓް ގެލަރީ ކުރިމަތީގަ -- ފޮޓޯ: ފައިން އާޓް މޯލްޑިވްސްގެ ޓްވިޓާ

އާޓިސްޓުންގެ ޝަކުވާތައް ދައްކުވައިދޭ މީހެއް ނެޝަނަލް އާޓް ގެލަރީ ކުރިމަތީގަ -- ފޮޓޯ: ފައިން އާޓް މޯލްޑިވްސްގެ ޓްވިޓާ

ފައިން އާޓް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ގޮތަށް މައްސަލަތައް ދައްކުވައިދޭން ޖެހުނީ އެ މީހުން ވަންނާނެ ތަނެއް ނެތުމުން ކަމަށެވެ. އާޓިސްޓުންނަށް ހަދާފައިވާ ގައުމީ ގެލެރީ އިން އާޓިސްޓުންނަށް ވަކި ހިދުމަތްތަކެއް ލިބެން ޖެހޭ އިރު، އެ މީހުންނަށް އާންމުކޮށް އެތަން ބޭނުން ނުކުރެވޭ ކަމަށް އެތަނުން ބުނެފައި ވެ އެވެ. އަދި އެތަން ހަދާފައި ވަނީ އާޓް ގެލެރީއެއްގެ ގޮތުގައި އެންމެ އެކަށީގެންވާ ގޮތައް ބޭނުންކުރެވޭ ގޮތަކަށް ނޫން ކަމަށާއި އާޓިސްޓުން ބޭނުން ކުރަން ދިނުމުގެ ބަދަލުގަ އެތަން ކުއްޔަށްދޭ ކަން ވެސް އެ ތަނުން ފާހަގަކޮށްފައި ވެ އެވެ.

"އާޓިސްޓުންނާ މެދު އިހްތިރާމާ އެކު ކަންތައް ނުކުރާ އިރު މިގޮތައް ކަންތައް ކުރުމުން [ކުއްޔަށް ދިނުމުން] އާޓިސްޓުން ކުރިއަރަން އޮންނަ މަގުތައް ހަނިވޭ،" އެ ބަޔާނުގައި ފައިން އާޓްސް ބުނެފައި ވެ އެވެ.

މިނިސްޓަރު އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓެޖް ޔުމްނާ މައުމޫން މިއަދު ވިދާޅުވީ އެ ޝަކުވާތައް އިވިއްޖެ ކަމަށެވެ. ފައިން އާޓްސްގެ ޝަކުވާތައް ހިއްސާކުރަން ނުކުތް އިރު މިނިސްޓަރަށް އެ މީހުންގެ ޝަކުވާތައް އަޑު އިވޭހޭ ވެސް އަހައިފައި ވެ އެވެ.

މިިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއް

"އަޅުގަނޑަށް [ޝަކުވާތައް] އިވިއްޖެ، އަޅުގަނޑުމެން މިހާރު މި އަންނަނީ އާޓް ގެލެރީއާ މެދު އުފެދިފައިވާ ތި ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން މަސައްކަތްކުރަމުން،" ޔުމްނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ މީހުން ފެންނަނީ ކަމެއް ބޭނުން ވީމަ ކަމަށާއި، އެކަން ނިމުނީމައި "އެއްލާލަނީ" ކަމަށް ވެސް އެ އާޓިސްޓުން ބުނެފައި ވެ އެވެ. އަދި އެއީ ބައެއް މީހުން އާމްދަނީ ހޯދަން ކުރާ މަސައްކަތް ކަމަށް ވެސް ބުނެފައި ވެ އެވެ.