11 މެއި 2019
ފ. ބިލެއްދޫން އަލަށް ފެނުނު އާސާރީ ވެވެއް އެރަށު ކައުންސިލުން ކޮނެ ނަގާފައި ވަނީ އެ މަސައްކަތް އަމިއްލަ އަށް ނުކުރަން ތަކުރާރުކޮށް އަންގާފައި ވަނިކޮށް ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.
ފ. ބިލެއްދޫން އަލަށް ފެނުނު އާސާރީ ވެވެއް އެރަށު ކައުންސިލުން ކޮނެ ނަގާފައި ވަނީ އެ މަސައްކަތް އަމިއްލަ އަށް ނުކުރަން ތަކުރާރުކޮށް އަންގާފައި ވަނިކޮށް ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.
ބިލެއްދޫން ފެނުނު ވެވު ވަށާ މިހާރު ވަނީ ކޮނެ ނިންމައިފަ އެވެ. ހެރިޓޭޖު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން އެ މިނިސްޓްރީ އަށް އެކަން އެނގުނީ ސޯޝަލް މީޑިއާ އިންނެވެ. ވެވު ފެނުނު ސަރަހައްދަކީ ބަޔާނުގައިވާ ގޮތުން ރާއްޖޭގެ އާސާރީ ތަންތަނުގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ ތަނެކެވެ.
"ކޮންނަމުންދާ ސަރަޙައްދަކީ ގެޒެޓުކޮށްފައިވާ ދިވެހި ރާއްޖޭގެ އާސާރީ ތަންތަނުގެ ދަފްތަރުގައި ހިމެނޭ ސަރަޙައްދެއް ކަމަށް މައުލޫމާތު ލިބުމާ އެކު އެކަން މި މިނިސްޓްރީން ގެންދިޔައީ ކައިރިން ބަލަމުންނެވެ. އަދި މަސައްކަތް ހުއްޓާލުމަށް އެދި ކައުންސިލަށް ފޯނުންނާއި ލިޔުމުން ވާނީ އަންގައިފަ އެވެ. އެހެން ނަމަވެސް، މަސައްކަތް ވަނީ ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދަވައިފަ އެވެ،" ހެރިޓޭޖުގެ ބަޔާނުގައިވެ އެވެ.
ބިލެއްދޫ އިން ފެނުނު ވެވު ކޮންނަނީ
ކޮނުމުގެ މަސައްކަތް ކައުންސިލުން އަމިއްލަ އަށް ކުރިއަށް ނުގެންދަން އެންގި ސަބަބެއް ކަމަށް މިނިސްޓްރީން ބުނީ އެފަދަ މަސައްކަތެއް ވަކި އުސޫލަކުން ނުކޮށްފި ނަމަ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެތީ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރުމަކީ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް ބިލެއްދޫ ވެވު ކޮނުމުގެ މަސައްކަތް އެރަށު ކައުންސިލުން އަމިއްލަ އަށް ކޮށްފައި ވާތީ ފިޔަވަޅު އަޅާނެކަން ނުވަތަ ނޫންކަން ހެރިޓޭޖްގެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ. އެކަމަކު ބަޔާނުގައި އެދިފައި ވަނީ އަލަށް ފެންނަ އާސާރީ ތަންތަނާ ބެހޭ މައުލޫމާތު އެ މިނިސްޓްރީއާ ހިއްސާ ކުރުމަށެވެ.
ގައުމީ ތަރަކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12
ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފި
ނަޝީދު ދޫކުރައްވައި ދޮންބިލެއް ރައީސާ އެކު!
ސްޓެލްކޯއިން މާލޭގެ ހުކުރު މިސްކިތް ސާފުކުރަނީ
މުންނާރު ސާފު ކުރުމުގެ މަސައްކަތް ރައީސް ފައްޓަވައިފި
ކަޅުވަކަރު މިސްކިތް ރާވައި ނިމޭނީ ނޮވެމްބަރުގައި
ދާރުލް އުލޫމް ރައްކާތެރިކުރަން އެތަނުގެ ހާލަތު ބަލަނީ
ހޮސްޕިޓަލަށް ދިން ނަންތަކާ މެދު ވިސްނަން އެދެފި
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގައި ރައީސް
ތަރިކަ ރައްކާތެރިކުރާ ގާނޫނުގެ ޑްރާފްޓް ނިމިއްޖެ