Roadha Mihaaru
މުންނާރު ސާފު ކުރުމުގެ މަސައްކަތް ރައީސް ފައްޓަވައިފި

މުންނާރު ސާފުކުރުމުގެ މަސައްކަތް ރައީސް ފައްޓަވައި ދެއްވައިފި

04 ޑިސެމްބަރ 2019

މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، ރީތި ކުރުމުގެ މަސައްކަތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، ރީތި ކުރުމުގެ މަސައްކަތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

މުންނާރާއި ހުކުރު މިސްކިތުގެ ހަތަރު ވަޅު ސާފުކޮށް، މަރާމާތްކުރުމުގައި މިފަހަރު އެހީތެރިކަން ފޯރުކޮށްދެނީ ސްޓެލްކޯއިންނެވެ. އެހެންކަމުން އެ މަސައްކަތް ރަސްމީކޮށް ފަށަން އޮތް ހަފުލާގައި ރައީސް އާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާ އެކު ސްޓެލްކޯގެ ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

މުންނާރު ސާފު ކުރުމުގެ މަސައްކަތް ރައީސް ފައްޓަވައި ދެއްވުން--

ސާފު ނުކުރާތާ ގިނަ ދުވަސް ވުމުން ވަރަށް ބޮޑަށް ފެހި ޖަހައި، މުންނާރުގެ ހައިބަތު ގެއްލިފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި އެކަމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.

އެ ހިތްހަމަނުޖެހުންތަކަށް ޖަވާބު ދިނުމުގެ ގޮތުން ހެރިޓޭޖް މިނިސްޓްރީން ބުނެފައި ވަނީ ކޮންމެ ކޮންމެ އެއްޗެއް ބޭނުންކޮށްގެން މުންނާރު ރީތިކުރުމަކީ، 300 އަހަރު ވީ ބިނާއަށް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެތަނުގެ އާބާތުރަފިލުވަން ބޭނުންކުރަން ޖެހޭނީ، އުވަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ސްޓެލްކޯއަށް މަސައްކަތް ނުފެށި ލަސްވެފައި އޮތީ، މިނިސްޓްރީން ބުނި ގޮތުގައި، މި ދުވަސްވަރު ވިއްސާރަވެ، މޫސުން ތަންނުދޭތީ އެވެ.

Munnaaru reethi kuran nufeshi othee moosun goasvumun: Heritage

Munnaaru reethi kuran nufeshi othee moosun goasvumun: Heritage

The most trusted news source in the Maldives

Mihaaru

މުންނާރު ސާފު ކުރުމުނެ މަސައްކަތް ނުފެށެނީ މޫސުން ތަންނުދޭތީ ކަމަށް ބުނުން--

ހިރި ގަލާއި އުވައިން ބިނާކޮށްފައިވާ މުންނާރަކީ މާލޭގެ އެންމެ މަޝްހޫރު އެއް ބިނާ އެވެ.