Roadha Mihaaru
"ސައްތޭ ޕޭ ސައްތާ"ގެ ރިމެކަށް ޝާހްރުކާއި ކެޓްރީނާ

"ސައްތޭ ޕޭ ސައްތާ"ގެ ރިމެކަށް ޝާހްރުކާއި ކެޓްރީނާ

15 މެއި 2019

ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ހަތަރު ފިލްމެއް ޑައިރެކްޓްކޮށް ދޭން ދާދި ފަހުން ފަރާ ހާން ސޮއިކޮށްފައިވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ ކުރީގެ ވަރަށް މަގުބޫލު ފިލްމެއް ކަމަށްވާ "ސައްތޭ ޕޭ ސައްތާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ހަތަރު ފިލްމެއް ޑައިރެކްޓްކޮށް ދޭން ދާދި ފަހުން ފަރާ ހާން ސޮއިކޮށްފައިވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ ކުރީގެ ވަރަށް މަގުބޫލު ފިލްމެއް ކަމަށްވާ "ސައްތޭ ޕޭ ސައްތާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

މި ފިލްމާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ފަރާގެ ފިލްމުގެ ލީޑް ރޯލް މިހާރު ވަނީ ޝާހްރުކް ހާނާއި ކެޓްރީނާ އަށް ހުށަހަޅައިފަ އެވެ. އެއީ "ސައްތޭ ޕޭ ސައްތާ" ގައި އަމީތާބް ބައްޗަން އާއި ހެމާ މާލިނީ ކުޅުނު ރޯލްތަކަށެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މި ވާހަކަ ތިލަކުރި ނަމަވެސް، ފިލްމާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް ފަރާ ނުދައްކަ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން 1982 ގައި އާރް އެން ސިއްޕީ ޑައިރެކްޓް ކުރި "ސައްތޭ ޕޭ ސައްތާ" ގެ ރައިޓްސް ހޯދައި، އޭގެ ސްކްރީންޕްލޭގެ މަސައްކަތް ފަރާ އާއި އޭނާގެ ޓީމުން މިހާރު އަންނަނީ ކުރަމުންނެވެ.

މި ފިލްމުން ޝާހްރުކާއި ކެޓްރީނާ ސޮއިކުރިކަން ކަށަވަރުވެއްޖެ ނަމަ، މިއީ އެ ދެ ތަރިންގެ ޖޯޑު ސްކްރީނުން ފެންނާނެ ތިން ވަނަ ފިލްމަށް ވާނެ އެވެ. ދެހާސް ބާރަ ވަނަ އަހަރު "ޖަބް ތަކް ހެ ޖާން" ކުޅުނު ދެ ތަރިން އެންމެ ފަހުން އެކީގައި ކުޅުނީ މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި "ޒީރޯ" އެވެ.

އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ "ސައްތޭ ޕޭ ސައްތާ" ޝާހްރުކަށް ހުށަހަޅާފައިވާ ކަމަށް ބުނާ އިރު، އޭނާ އެކްޓިން ބްރޭކެއް ނަގައި އާއިލާ އަށް ވަގުތު ހުސް ކުރަން މިވަގުތު ނިންމާފައި އޮތުމެވެ. އެހެންވެ ފަރާގެ ފިލްމަށް ޝާހްރުކް އެއްބަސްވާނެތޯ އެއީ މި ވަގުތު ވަރަށް ބޮޑު ސުވާލެކެވެ.

ފަރާ އާއި ޝާހް ވަނީ ކުރިން އެކުގައި ވަރަށް ކާމިޔާބު ތިން ފިލްމު ގެނެސް ދީފަ އެވެ.

Farah Khan ge aa film aky "Satte Pe Satte" remake?

Farah Khan ge aa film aky "Satte Pe Satte" remake?

The most trusted news source in the Maldives

Mihaaru

ހަބަރުތައް ބުނާ ގޮތުން ފަރާ ދެން ހަދާނީ "ސައްތޭ ޕޭ ސައްތާ" ގެ ރިމެކް.

އެއީ 2014 ގެ "ހެޕީ ނިއު އިޔާ"، 2007 ގެ "އޯމް ޝާންތީ އޯމް" އަދި 2004 ގެ "މޭ ހޫ ނާ" އެވެ. ފަރާ ދާދި ފަހުން ވަނީ ޝާހްރުކް ތައްޔާރަށް ހުރި ނަމަ މި ވަގުތު "މޭ ހޫ ނާ" ގެ ދެވަނަ ބައެއް ވެސް ހަދަން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.