Roadha Mihaaru
އަކްޝޭ އާއި ކެޓްރީނާގެ "ޓިޕް ޓިޕް" ދޫކޮށްލައިފި

އަކްޝޭ އާއި ކެޓްރީނާގެ "ޓިޕް ޓިޕް" ދޫކޮށްލައިފި

07 ނޮވެމްބަރ 2021

ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ސޫރިޔަވަންޝީ" ގައި ހިމެނޭ އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްގެ ވާރޭތެރޭގެ ލަވަ "ޓިޕް ޓިޕް" އާންމުކޮށް ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ސޫރިޔަވަންޝީ" ގައި ހިމެނޭ އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްގެ ވާރޭތެރޭގެ ލަވަ "ޓިޕް ޓިޕް" އާންމުކޮށް ދޫކޮށްލައިފި އެވެ.

މި ލަވަ އަކީ އަކްޝޭ އާއި ރަވީނާ ޓަންޑަންގެ 1994 ގެ ފިލްމު "މޮހްރާ" ގައި ހިމެނުނު ވާރޭތެރޭގެ އައިކޮނިކް ލަވައިގެ އާ ވާޝަނެކެވެ. ކުރީގެ ލަވައާ އެއްގޮތަށް އާ ލަވަ ވެސް ގެނެސް ދީފައި ވަނީ ވަރަށް "ސެންސުއަޝްކޮށެވެ". މި ފަހަރުގެ ލަވައިގެ ކޮރިއޯ ހެދީ ފަރާ ޚާނެވެ.

"ޓިޕް ޓިޕް" ގެ އާ ލަވައިގެ މިއުޒިކާ ތަނިޝްގް ބަގްޗީ ކުޅެފައިވާ އިރު، ލަވަ ކިޔާފައި ވަނީ ކުރީ ލަވައިގެ ވެސް އަޑުގެ ވެރިން ކަމަށްވާ އުދިތު ނާރަޔަން އާއި އަލްކާ ޔަގްނިކެވެ. ދެ ލަވައިގެ ލަވައިގެ މިއުޒިކާއި ޅެމުގެ ކްރެޑިޓް ލިބެނީ ވިޖޫ ޝާހާއި އާނަންދު ބަކްޝީއަށެވެ.

އަކްޝޭ އާއި ކެޓްރީނާގެ މަގުބޫލު ޖޯޑުގެ ކެމިސްޓްރީ "ޓިޕް ޓިޕް" ގެ އާ ލަވައިން އިތުރަށް ދައްކުވައި ދީފައިވާ އިރު، މި ދެ ތަރިންގެ މި ސްޓައިލްގެ ލަވައެއް އެހެން ފިލްމެއްގައި ވެސް ހިމެނެ އެވެ. އެއީ 2009 ގެ "ދޭ ދަނާ ދަން" ގެ "ގަލޭ ލަގް ޖާ" އެވެ.

ރޯހިތު ޝެޓީ ޑައިރެކްޓް ކޮށްފައިވާ "ސޫރިޔަވަންޝީ" އަށް ބޮޑު ބެލުންތެރިންގެ ފަރާތުން ތަރުހީބެއް ލިބެމުން އަންނަ އިރު، މި ފިލްމުގެ ލަވަތަކުގެ ތެރޭގައި "އައިލަ ރެ އައިލާ" އާއި "މެރެ ޔާރާ" އަދި "ނަޖާ" ހިމެނެ އެވެ.

މި ފިލްމަކީ އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަކްޝޭ އާއި ކެޓްރީނާ 2010 ގެ "ތީސް މާރު ޚާން" އަށް ފަހު އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ. އަދި މިއީ ރޯހިތުގެ ފިލްމެއްގައި ދެ ތަރިިން ވެސް މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.