Roadha Mihaaru
ސިޔާސީ ފިކުރަށް ބަލައިގެން ކަނޑައެއް ނުލަން:ތަރުޖަމާން

ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަތްކެއް ނުކުރަން: ތަރުޖަމާން

13 މެއި 2019

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ގިނަ ބަޔަކަށް ވަޒީފާގެ ބިރު ދެއްކުމުގެ އިތުރުން ވަޒީފާ އިން ވެސް މީހުން ވަކިކުރަމުން ދާ ކަމަށް ކުރާ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ގިނަ ބަޔަކަށް ވަޒީފާގެ ބިރު ދެއްކުމުގެ އިތުރުން ވަޒީފާ އިން ވެސް މީހުން ވަކިކުރަމުން ދާ ކަމަށް ކުރާ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

އިދިކޮޅު ޕާޓީ ޕީއެންސީން އިއްޔެ ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، "އެއްވެސް ހަމައެއް އުސޫލެއް ނެތި" ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ އިން ވަކިކޮށް، ބައެއް މީހުން މަސައްކަތް ކުރާ ތަން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ވަކި ފިކުރަކަށް ތާއީދުކުރާ މީހުން، ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށް ވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕާޓީން ބުނެފައިވެ އެވެ.

Mi roadha mahu gina bayaku vazeefa in vaki koffi: PNC

Mi roadha mahu gina bayaku vazeefa in vaki koffi: PNC

The most trusted news source in the Maldives

Mihaaru

ގިނަ ބަޔަކު ވަޒީފާއިން ވަކިކުރާ ކަމަށް ޕީއެންސީން ބުނުން---

ޕީއެންސީގެ ވާހަކަ އެ ގޮތަށް އައިއިރު ފެނަކަ ކޯޕަރޭޝަނުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެކަމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ މުވައްޒަފުން މަދުކުރުމުގެ ގޮތުން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ވަކި ފިކުރަކަށް ބަލައި މި ސަރުކާރުން އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް ސަރުކާރުން މުވައްޒަފުން މަދުކުރުމުގެ އެއްވެސް ކަމެއް ނުހިންގާ،" ހޫދު ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ އެއީ ވަކިވަކި ކުންފުނިތަކުގެ ނިންމުންތައް ކަމަށެވެ. ނަމަވެސް އެކަމަށް ވެސް ސަރުކާރުން އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރުވާ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ކޮންމެ ޕާޓީއެއްގެ، ކޮންމެ ފިކުރެއްގެ މީހަކަށް ވެސް ވަޒީފާގެ ބިރެއް ނެތި މަސައްކަތް ކުރެވޭނެކަމުގެ ވައުދާ އެކުގަ އެވެ.

ޔާމީންގެ ވެރިކަމުގައި މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ފޯރުވުމާއި ގަދަކަމުން ޕީޕީއެމްގެ ޖަލްސާތަކަށް ގެންދިއުމާއި ސިޔާސީ ފިކުރު ތަފާތުވެގެން މުވައްޒަފުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުމާއި ވަކިކުރުމުގެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފަ އެވެ.