ލޮސް އެންޖަލްސް (މެއި 18) - އެމެރިކާގެ އެފް-16 ގެ ހަނގުރާމަ މަތީ ބޯޓެއް ލޮސް އެންޖަލްސްގެ ބޭރުގައިވާ ވައިގެ މަރުކަޒެއްގެ ކައިރީގައިވާ ގުދަނެއްގެ މައްޗަށް ވެއްޓިއްޖެ އެވެ.
18 މެއި 2019
ލޮސް އެންޖަލްސް (މެއި 18) - އެމެރިކާގެ އެފް-16 ގެ ހަނގުރާމަ މަތީ ބޯޓެއް ލޮސް އެންޖަލްސްގެ ބޭރުގައިވާ ވައިގެ މަރުކަޒެއްގެ ކައިރީގައިވާ ގުދަނެއްގެ މައްޗަށް ވެއްޓިއްޖެ އެވެ.
ބޯޓު ވެއްޓުމުގެ ކރިން ބޯޓުގެ ޕައިލެޓް ވަނީ ވައި ކުޑައިގައި ފުންމާލައިފަ އެވެ. ބޯޓު ވެއްޓުމުން ރޯވި އަލިފާން ވެސް ވަނީ ގުދަނުގައިވާ އަލިފާން ނިއްވާ ނިޒާމުން ނިއްވާލައިފަ އެވެ.
އެމެރިކާގެ އެއާ ފޯސް އިން ބުނެފައި ވަނީ އެ ހާދިސާގައި ބިންމަތިން ފަސް މީހުން ޒަޚަމްވި ކަމަށެވެ. ބޯޓު ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް ގުދަނުގައި މަސައްކަތް ކުރާ މީހަކު ވަނީ އޭނާގެ ފޯނުން ނަގައިފަ އެވެ. ފޭސްބުކުގައި އޭނާ ބުނެފައި ވަނީ "އަހަރެމެންގެ އިމާރާތުގައި އަސްކަރީ މަތިންދާ ބޯޓެއް އެބައޮތް" ކަމަށެވެ. އަދި ގުދަނުގެ ފުރާޅުން ބައެއް ވެއްޓި، ފާރުތައް ހަލާކުވެފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ މާޗް އެއާ ރިޒާވް ބޭސްއާ ކައިރީގަ އެވެ.
އެއާ ފޯސް ރިޒާވް އިން ބުނެފައި ވަނީ ވެއްޓުނު ބޯޓު އުޅުނީ ނޯތު އެމެރިކަން އެއަރޯސްޕޭސް ޑިފެންސް ކޮމާންޑުގެ ޓްރޭނިން މިޝަނެއްގައި ކަމަށެވެ.
އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރަކާއި ޖެޓެއް ވެއްޓިއްޖެ
ކެނެޑާގައި މަތިންދާބޯޓެއް ރަންވޭމައްޗަށް ފުށުންޖެހިއްޖެ
ވައިގެ ޝޯއެއްގައި ދެ ބޯޓު ޖެހިއްޖެ
ޖައްވީ ދަތުރަށް ފަހު މަތިންދާބޯޓް ވެއްޓި މަރު
މަތިންދާބޯޓް ވެއްޓި "ޓާޒަން" މަރުވެއްޖެ
ވަގަށް ނެގި މަތިންދާ ބޯޓެއް ވޮޝިންޓަނަށް ވެއްޓިއްޖެ
ޝޮޕިން މޯލަކަށް ކުޑަ މަތިންދާ ބޯޓެއް ވެއްޓި ފަސް މަރު
އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 16 މަރު
"ހައްޔަރުކުރިޔަސް" ނިއު ޔޯކަށް ދާނަން: ނަތަންޔާހޫ
އެމެރިކާއިން 22 ބިލިއަން ޑޮލަރުދޭން އީރާނުން ހުކުމެއް