Roadha Mihaaru
ޑްރަގްސް އުފުލާ ވެހިކަލްތަކުގެ މައުލޫމާތު އާންމުކުރަނީ

މަސްތުވާތަކެތި އުފުލާ ވެހިކަލްތަކުގެ މައުލޫމާތު އާންމުކުރަން ނިންމައިފި

20 މެއި 2019

ޓެކްސީތަކުގައި ބަނގުރަލާއި މަސްތުވާތަކެތި އުފުލުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އެފަދަ ވެހިކަލްތަކުގެ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓެކްސީތަކުގައި ބަނގުރަލާއި މަސްތުވާތަކެތި އުފުލުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އެފަދަ ވެހިކަލްތަކުގެ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ޓެކްސީތަކާއި ބައެއް ޕްރައިވެޓް ކާރުތަކުގައި އުފުލި މަސްތުވާތަކެއްޗާއި ބައެއް ކާރުތަކުގެ މައުލޫމާތު މިއަދު ވެސް އާންމުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި ކާރުތަކުގެ އިތުރުން ސައިކަލްތަކުގައި ވެސް މަސްތުވާތަކެއްޗާއި ބަނގުރާ އުފުލަ އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ތިން ޓެކްސީއަކާއި ޕްރައިވެޓް ދެ ކާރާއި ފަސް ސައިކަލެއްގައި ބަނގުރަލާއި މަސްތުވާތަކެތި އުފުލި މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޝާކިރު ޕްރެޒެންޓޭޝަން ދެއްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޝާކިރު ޕްރެޒެންޓޭޝަން ދެއްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެގޮތުން، ޓެކްސީތަކުގައި ބަނގުރަލާއި މަސްތުވާތަކެތި އުފުލަނީ ޑްރައިވަރުން ބައިވެރިވެގެން ކަމަށާއި އެކަމުގެ ޝާމިލްވާ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ. އަދި ބަނގުރަލާއި މަސްތުވާތަކެތި އުފުލާ ވެހިކަލްތަކުގެ މައުލޫމާތު ކުރިއަށް އޮތް ތަނުގައި އާންމު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ޓެކްސީގެ ނަންބަރު ހާމަ ނުކުރަނީ ބައެއް ކޭސްތަކުގައި ޓެކްސީ ދުއްވާ މީހަކީ އަސްލު ވެރި ފަރާތަށް ނުވެ ދާ ފަހަރު ތަހުގީގަށް ފާހަގަކުރެވޭތީ. ނަމަވެސް ތަހުގީގުން ވެރި ފަރާތް ސާބިތު ކުރެވޭ ނަމަ، އެ ކަންކަން ވެސް އަޅުގަނޑުމެން ހާމަ ކުރަމުން ގެންދާނަން،" ޝާކިރު ވިދާޅުވި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާކިރު (ކ) ވާހަކަ ދައްކަވަނީ. ވެއިތުވެދިޔަ ހަތަރު މަސް ދުވަހު މަސްތުވާތަކެތީގެ މައްސަލަތަކުގައި 900 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި ކަމަށް އޭނާ ވިދާޅުވި.  --- ހުސެއިން ވަހީދު/ މިހާރު

މިދިޔަ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި 927 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 223 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެކަމަކު، ޝާކިރު ވިދާޅުވި ގޮތުގައި އެ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ މަދު ބައެކެވެ.

މިދިޔަ ހަތަރު މަސް ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 35 އަންހެނުންނާއި، ނުވަ ކުޑަކުދިންނާއި، 56 ބިދޭސީން ހިމެނެ އެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކާ ގުޅިގެން 23 މީހުން ހައްޔަރުކޮށްފައި ތިބި އިރު، ހަމަ އެ މައްސަލައިގައި ކޯޓުތަކުން 38 މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި 10 ބިދޭސީއަކު ވަނީ ޑީޕޯޓްކޮށްފަ އެވެ.