Roadha Mihaaru
ބައްޕައަކާއި ދަރިންގެ ވާހަކަ އިންސްޓަގްރާމުން

ބައްޕައަކާއި ދަރިންގެ ވާހަކަ އިންސްޓަގްރާމުން

22 މެއި 2019

ލަންޑަނުގައި ދިރިއުޅޭ ސައިމަންގެ ވާހަކަ ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްގެން އުޅެނީ އޭނާގެ އިންސްޓަގްރާމުން ފެންނަ ފޮތޯތަކާ ހެދި އެވެ. ސައިމަން އޭނާ ސިފަކޮށް ދެނީ މިހެންނެވެ. "ފާދާ އޮފް ޑޯޓާޒް" އެވެ. "1 މޭން: ފައިވް ވިމެން-އައުޓްނަމްބާޑް" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލަންޑަނުގައި ދިރިއުޅޭ ސައިމަންގެ ވާހަކަ ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްގެން އުޅެނީ އޭނާގެ އިންސްޓަގްރާމުން ފެންނަ ފޮތޯތަކާ ހެދި އެވެ. ސައިމަން އޭނާ ސިފަކޮށް ދެނީ މިހެންނެވެ. "ފާދާ އޮފް ޑޯޓާޒް" އެވެ. "1 މޭން: ފައިވް ވިމެން-އައުޓްނަމްބާޑް" އެވެ.

މެނޭޖްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސައިމަން އާއި ބްލޮގަރު ކްލެމީ ހޫޕާގެ ހަތަރު ދަރިން އެބަ ތިއްބެވެ. މުޅިން ވެސް އަންހެނުންނެވެ. އޭގެ ތެރެއިން ހަގު ދެ އަންހެން ދަރިންނަކީ އެއްމާބަނޑު ދެ ކުރިންނެވެ. އެ ދެ ކުދިންގެ އުމުރުން މިހާރު ތިން އަހަރެވެ. އަނެއް ދެ ކުދިންގެ އުމުރަކީ 7 އާއި 8 އެވެ.

ސައިމަން އަންނަނީ އޭނާގެ ހަޔާތުގެ ވާހަކަތައް ކޮންމެ ދުވަހަކު ވެސް އިންސްޓަގްރާމްގައި ކިޔައި ދެމުންނެވެ. އެތަކެއް ފޮޓޯ އާއި އެ ފޮޓޯތަކާ އެކު އޭނާ ލިޔާ ދިގު ކެޕްޝަންތަކުން އާއިލާ އަށް ސައިމަންގެ ހިތުގައި އޮތް ލޯތްބާއި އަޅާލުން ވަރަށް ބޮޑަަށް ސާބިތުކޮށްދެ އެވެ.

އޭނާގެ މުޅި އިންސްޓަގްރާމް ފުރިފައި ވަނީ ދަރިންގެ އެކި ކަހަލަ ފޮޓޯތަކުންނެވެ. މަޖާ ކަންތައްތަކާއި އަންތަރީސްވާ ކަހަލަ ކަންތައްތަކާއި ދިރިއުޅުމުގެ ހުރިހާ ހާލަތެއްގައި ދަރިންގެ ފަރާތުން ކުރިމަތިވާނެ ކޮންމެ ހިނދުކޮޅެއް އުމުރުން 24 އަހަރުގައި އަލަތު ދަރިފުޅު ލިބުނު ސައިމަން އަންނަނީ ހިއްސާ ކުރަމުންނެވެ.

އަދި މިކަމުގެ ތެރެއިން ލިބޭ އުފާވެރިކަމާއި ހިތްހަޖަމެހުމާއި ބައްޕައަކަށްވުމުން ލިބޭ ހާއްސަ ކަމާއި ދަރިންނާ އެކު އޮންނަ ގުޅުމާއި އަންހެނުންނާ އެކު އޮންނަ ބަދަހި އަދި ހިއްސާ އާއިލީ ގުޅުމުގެ ވާހަކަ މިހާރު ވަނީ ފޮތެއްގެ ސިފައިގައި ވެސް ނެރެފަ އެވެ. މި މަހުގެ ތިން ވަނަ ދުވަހު ނެރުނު ފޮތުގެ ނަމަކީ "ފޯއެވާ އައުޓްނަމްބާޑް: ޓޭލްސް އޮފް އަވާ ފެމިލީ ލައިފް" އެވެ.

ސައިމަން ބުުނި ގޮތުގައި އޭނާގެ ވަރަށް އުފާވެރި ބައްޕައެކެވެ. އަދި ހަޔާތުގެ ކޮންމެ ސިކުންތެއް ވެސް ހޭދަކުރަނީ ވަރަށް ވެސް ހިތްހަމަޖެހިގެން ކަމަށް ބުންޏެވެ. އިންސްޓަގްރާމްގައި ވެސް އޭނާ ހިއްސާކޮށްފައި ހުރި ފޮޓޯތަކުން އެކަން އެނގޭނެ އެވެ.

އެތައް ބަޔަކު އަންނަނީ ސައިމަން ދައްކާ ނަމޫނާ އަށް ތައުރީފުކޮށް، ލޯބި ވެސް އޮއްސަމުންނެވެ.

އަދި އަންހެނުން ކްލެމީއަކީ ވެސް މިހާރު އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މައެކެވެ. އޭނާ މިދިޔަ މަހު ވަނީ "ހައު ޓް ގްރޯ އާ ބޭބީ ޖާނަލް" ގެ ނަމުގައި ވެސް ދަރިންނާ ބެހޭ ފޮތެއް ނެރެފަ އެވެ.