Roadha Mihaaru
ދޯންޏެއްގައި ދަތުރުކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި

ދޯންޏެއް ހުއްޓުވި އިރު މުޅިން ވެސް ގަވާއިދާ ޚިލާފު ބިދޭސީން، އެންމެ ހައްޔަރުކޮށްފި!

22 މެއި 2019

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންތަކެއް ދުއްވި ދޯންޏެއް ހުއްޓުވައި އެ އެންމެން މިއަދު ހައްޔަރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންތަކެއް ދުއްވި ދޯންޏެއް ހުއްޓުވައި އެ އެންމެން މިއަދު ހައްޔަރުކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ، ސ. ފޭދޫން މުދާ ބަރުކޮށްގެން ދަތުރުކުރި އެ ދޯނި ފެނުނީ، ފުލުހުންނާއި ސިފައިން ރެއިން ފެށިގެން ހިންގާ ޚާއްސަ ތަމްރީނުތަކުގައި، ކަނޑު އުޅަނދުތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެ ދޯނީގައި ނަމެއް ވެސް ނެތެވެ. އޭގައި ތިބި ބިދޭސީންގެ ތެރެއިން ވެސް ދޯނީގެ ނަން އެނގޭ މީހަކު ނެތެވެ. އެ މީހުންގެ އަތުގައި ވޯކް ޕާމިޓެއް ވެސް ނެތެވެ.

ކަނޑުދަތުރުކުރުމާ ގުޅޭ އެއްވެސް ސެޓްފިކެޓެއް އެ ދޯނީގައި ނެތް އިރު ކައްޕި ހުރީ ސ. ހުޅުމީދޫގައި ކަމަށް ބިދޭސީން ވަނީ އެމްއެންޑީއެފަށް މައުލޫމާތު ދީފަ އެވެ.

އެ ދޯނީގައި ހުރީ ހުޅުމީދޫގެ ފެނަކަ އަށް ގެންދާ 6،000 ލިޓަރުގެ ޕެޓްރޯލާއި ފިހާރައަކަށް ގެންދިޔަ އައިސް ކުކުޅުތަކެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑެވެ. އެކަން ހައްލުކުރަން ކަމާގުޅޭ އިދާރާތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.