ބޭރުގެ މަސްބޯޓުތައް ހާލުގައި ޖެހިގެން ބައެއް ފަހަރަށް ރާއްޖޭގެ ސަރަހައްދުން ފެނެ އެވެ. އަނެއް ބައި ފަހަރު ގަވާއިދާ ހިލާފަށް ވަދެގެން އުޅެނިކޮށް އަތުލައިގަންނަނީ އެވެ. އެކަމަކު މިއީ އާދައިގެ ކަމަކަށް ހަދައިގެން ތިބެވޭކަށް ނެތެވެ. މިދިޔަ ބުރާސްފަތި ދުވަހު، ހއ. ގައި، ހިނގި ހާދިސާއިން އެކަން ހާމަވެ އެވެ.
03 ޖޫން 2018
ބޭރުގެ މަސްބޯޓުތައް ހާލުގައި ޖެހިގެން ބައެއް ފަހަރަށް ރާއްޖޭގެ ސަރަހައްދުން ފެނެ އެވެ. އަނެއް ބައި ފަހަރު ގަވާއިދާ ހިލާފަށް ވަދެގެން އުޅެނިކޮށް އަތުލައިގަންނަނީ އެވެ. އެކަމަކު މިއީ އާދައިގެ ކަމަކަށް ހަދައިގެން ތިބެވޭކަށް ނެތެވެ. މިދިޔަ ބުރާސްފަތި ދުވަހު، ހއ. ގައި، ހިނގި ހާދިސާއިން އެކަން ހާމަވެ އެވެ.
ހއ. އަތޮޅު އިންނަފިނޮޅު ފަރަށް އީރާނުގެ "މަސް ބޯޓެއް" އަރައި ހާލުގައި ޖެހުމުން އެމީހުން އެއްވެސް ބައެއްގެ އެހީތެރިކަން ހޯދާކަށެއް ނޫޅުނެވެ. ދިވެހި މަސްވެރިންގެ ބަޔަކަށް އެ ބޯޓު ފެނިގެން ރިޕޯޓް ކުރުމުން އެ ސަރަހައްދަށް ސިފައިން ދިއުމުން ދެން އެމީހުން ކަންކުރީ މާ ހައިރާންވާ ގޮތަކަށެވެ: ބޯޓުގައި ރޯކޮށްލީ އެވެ. ދެން އެމީހުން ފުންމާލީ މޫދަށެވެ. އެކަމަކު އެ ބޯޓުގެ ހަގީގަތް ސިއްރެއް ނުކުރެވުނެވެ.
ފަހުން އެ ބޯޓު ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އުފެއްދުންތަައް ވަނީ ފެނިފަ އެވެ. އަދި ކައިރި ރަށްރަށަށް އޭގެ ބައެއް ޕެކެޓްތަައް ލައްގަން ވެސް ފެށީ އެވެ.
އެ ބޯޓްގައި ތިބި އަށް މީހުން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
އީރާނުގެ މި ބޯޓުގައި ދެ ޓަނުގެ ހެރޮއިން ހުރި ކަމަށް، އިތުބާރުހުރި ބައެއް ފަރާތްތަކުން ބުނެ އެވެ. އޭގެ އަގު ކިޔަން ޖެހޭނީ އެތައް މިލިއަން ޑޮލަރަކުންނެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު އެއް ޕްރޮވިންސް ކަމަށްވާ ބަލޮޗިސްތާނަކީ މަސްތުވާތަކެތީގެ މައި ހަބެކެވެ. އެއީ އެކި ގައުމުތަކަށް މަސްތުވާތަކެތި ޓްރެފިކް ކުރާ ތަނެކެވެ. މަސްތުވާތަކެތި އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އަފްގާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ހިމެނެނީ އެ ޕްރޮވިންސްގަ އެވެ. ހަމައެއާ އެކު ޕާކިސްތާނާއި އީރާނާ ގުޅޭ ބޯޑަރު ވެސް އޮންނަނީ އެތަނުގަ އެވެ. އެ ތިން ގައުމު ހިމެނޭ ގޮތަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި އެ ސަރަހައްދުގައި ގެންދަނީ ހިންގަމުންނެވެ.
އީރާނާއި ޕާކިސްތާން އަދި އަފްގާނިސްތާން ގުޅޭ ބޯޑަރު: މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑު ސަރަހައްދެއް
ބަލޮޗިސްތާނުން ސީދާ އަރަބި ކަނޑަށް ނުކުމެވޭއިރު އިރުން ހުޅަނގަށް ދުއްވާފައި ރާއްޖެ، އިންޑިއާ އަދި ސްރީ ލަންކާ ހިމެނޭ ސަރަހައްދަށް އާދެވެ އެވެ. އެއީ ހއ. ތުރާކުނާ ދިމާލު ބޭރެވެ. މި ތިން ގައުމުގައި ވެސް ތަފާތު އެކި ފަހަރުމަތިން ހިންގާފައިވާ އޮޕަރޭޝަންތަކުގައި އެ ސަރަހައްދުން މަސްތުވާތަކެއްޗާ އެކު ވަނީ އީރާނުގެ ބޯޓްފަހަރު އަތުލައިގެންފަ އެވެ.
އެ ބޯޓުފަހަރު ދުއްވަނީ މަސްވެރިކަން ކުރުމުގެ ނަމުގަ އެވެ. އެކަމަކު އަސްލު ވިޔަފާރިއަކީ އެއް ގައުމުން އަނެއް ގައުމަށް މަސްތުވާތަކެތި ހިފައިގެން ދަތުރުކުރުރުމެވެ. އެ ބޯޓްފަހަރު ހުންނަނީ ސްރީ ލަންކާ އަދި އިންޑިއާގެ މަސްވެރިން ގެންގުޅޭ ބޯޓުފަހަރަށް ވުރެ އުސްކޮށެވެ. މިހާތަނަށް އަތުލައިގަނެފައިވާ ބޯޓްފަހަރުގައި ފަޅުވެރިންގެ ގޮތުގައި ގިނައިން ތިބީ ޕާކިސްތާނާއި އީރާނުގެ މީހުންނެވެ. މި މީހުންގެ ޒިންމާ މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ މީހުން ބުނާ ތަންތަނަށް ކަނޑު މަގުން އެ އެއްޗެހި ގެންގޮސްދިނުމެވެ.
"އެ ގައުމެއްގެ ކައިރިއަށް އައިސް ދުބާއީގައި ނޫނީ އެހެން ތާކު ހުންނަ މީހަކަށް އަންގާނީ އޮތް ލޮކޭޝަން. ދެން އޭނާ އަންގާނީ އެގައުމެއްގެ އެޖެންޓަށް. ލޮކޭޝަން ދިނީމަ އެގައުމަކުން އެ ބޯޓު ކައިރިއަށް އުޅަނދެއް މި ފޮނުވަނީ،" މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ އިދާރާއެއްގެ ވެރިޔަކު ވިދާޅުވި އެވެ.
"ބައެއް ފަހަރު ފެން ބަރުކޮށްދޭން، ކާއެއްޗެހި ފޯރުކޮށްދޭން ގޮސް މަސްތުވާތަކެތި މި ބަދަލުކުރަނީ. އަނެއް ބައި ފަހަރު ހަމަ އެކަމަށް [މަސްތުވާތަކެތި ބަލާ] ގޮސް ތަކެތި ހޯދަނީ."
އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް މުއާމަލާތްކުރާ އިރު ފައިސާއެއް ނުދޭނެ އެވެ. ސަބަބަކީ އެހާ ގިނަ ފައިސާ އެގޮތަށް އުފުލަން ވެއްޖެއްޔާ ކަނޑުފޭރޭ މީހުންގެ އަތްދަށުވެދާނެތީ އެވެ.
"ފައިސާ ފޮނުވާނީ އެހެން ގޮތްގޮތުން. އެ ބޯޓްތަކާ ބެހޭ ކަމެއް ނޫން އެއީ. އެބޯޓް ފަހަރުގައި ނުތިބޭނެ ހަގީގީ ޑީލަރުންނެއް."
ބަލޮޗިސްތާނުން މަސްތުވާތަކެތި ހިފައިގެން ދަތުރުކުރާ ކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ރޫޓް
ރާއްޖެއިން ފަހުން މި ފެނުނު ބޯޓުގައި ހުރި ކަމަށް މިހާރު ލަފާކުރެވޭ މަސްތުވާތަކެތީގެ މިންވަރަށް ބަލާއިރު ވެސް އެއީ އެތައް ގައުމަކަށް ސަޕްލައި ކުރަން ބޭނުންކުރާ އުޅަނދެއްކަން ޔަގީންވާ ކަމަށް ކަމާ ބެހޭ ބައެއް ފަރާތްތަކުން ބުނެ އެވެ.
"ރާއްޖެ ނުގެންނާނެ ދެއްތޯ ޓަނުންނެއް. ރާއްޖެއަށް ނުވެސް ވިއްކޭނެ. އަދި ސްޓޮކެއް ވެސް ނުގެންގުޅެވޭނެ އެވަރަކަށް،" މަސްތުވާތަކެތީގެ އޮފަރޭޝަންތަކުގައި އުޅޭ އެކަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
"ރާއްޖެ އެތެރެކުރާނީ ކިލޯއިން. އެހެން އެކި ގައުމުތަކަށް މަސްތުވާތަކެތި ސަޕްލައި ކުރަމުން އެމީހުން ދާނީ. އެބޯޓްތަކުން ގެނެސްދޭ ކަމަށް ބެލެވެނީ ބޮޑެތި އަދަދުތަކުން."
މީގެ އެތައް އަހަރެއް ކުރިން ވަނީ ރާއްޖޭގެ ފަޅެއްގައި ރައްކާކޮށްފައި ހުރި ޓަނަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އެއީ ވެސް އެކި ގައުމުތަކަށް މަސްތުވާތަކެތި ޓްރެފިކް ކުރާ ބަޔަކު ފޮރުވާފައި ހުރި ތަކެއްޗެވެ. މިއީ މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި އެކި ތަންތަނަށް ފޮނުވަން ބޭނުންކުރާ އުކުޅުތަކެވެ.
ޕާކިސްތާނުން 2016 ގައި ރާއްޖެ ގެނައި ކަމަށް ބެލެވޭ 29 ކިލޯގެ ހޮރޮއިން އަތުލައިގެންފައިވެ އެވެ. މިއީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިހާތަނަށް އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގެން ފަހަރެވެ. އެއީ ވެސް ކުރިން ބުނި މަގުން ފޮނުވި އެއްޗިއްސެވެ.
Raajje ah ethereh kuri 29 kilo ge drugs athulaigenfi
The most trusted news source in the Maldives
Mihaaru
ރެކޯޑް އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުން--
ގާތްގަނޑަކަށް 145 މިލިއަން ރުފިޔާގެ އަގު ހުރި މި މަސްތުވާތަކެތި އަތުލައިގަތީ ރާއްޖޭގެ ދޯންޏެއް ރާއްޖޭގެ ސަރަހައްދުން ބޭރަށް ނުކުމެ އެހެން އުޅަނދަކުން ބަރުކޮށްގެން އަލުން ރާއްޖޭގެ ސަރަހައްދަށް ވަންތަނުންނެވެ. އޭރު ދޯނި އޮތީ އދ. އަތޮޅާ ދިމާލު ބޭރުގަ އެވެ. ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައި ވަނީ ގޭސް ސިލިންޑަރެއްގެ ތެރެއިންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ މަސްތުވާތަކެތި ރާއްޖޭގެ ދޯންޏަށް އެރުވީ އީރާނުގެ ބޯޓަކުންނެވެ.
މިދިޔަ ހަފްތާގައި ފަރަށް އެރި އީރާނުގެ ބޯޓުން ގެނައި ކަމަށް ބެލެވޭ މަސްތުވާތަކެތީގެ ޕެކެޓެއް --
ހަމަ އެފަދަ އެހެން އޮޕަރޭޝަނެކެވެ. މަގުމަތީ އަގު 100 މިލިއަން ރުފިޔާ އަށް އަރާ 24 ކިލޯގެ މަސްތުވާތަކެތި މާޗް، 2014 ގައި އީރާނުގެ ބޯޓަކުން ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ. އެ ބޯޓުގައި ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި އަތުލައިގަންނަން ފުލުހުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި އޮޕަރޭޝަނެއް ހިންގައިފަ އެވެ. މަސްތުވާތަކެތި އަތުލައިގަތީ އެ ތަކެތި ފޮރުވާފައި ހުރި ޑިންގީ، ރާއްޖޭގެ ދޯންޏެއްގައި މާލެ ގެނެސް، ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވަ އެވެ. އެ މައްސަލާގައި ދެ މީހަކު މިހާރު ވަނީ އުމުރަށް ޖަލަށް ވެސް ލައިފަ އެވެ.
ދާދި ފަހުން ހުންގާނުގައި ޖެހުނު މައްސަލައެއްގައި ބެހިގެން އައި ބޯޓަކުން ވެސް ވަނީ މަސްތުވާތަކެތި ފެނިފަ އެވެ.
"އެ ބޯޓުގެ ފަޅުވެރިން ބުނީ ހުންގާން މައްސަލަ ޖެހުނީމަ މަސްތުވާތަކެތި އުކާލީ ކަމަށް. އެކަމަކު ފުލުހުން ޗެކް ކުރުއިރު ފަސް ޕެކެޓް ފެނުނު،" ދާދި ފަހުން ފެނުނު ބޯޓާ ގުޅޭ ގޮތުން ފުލުހުންގެ ޑްރަގް އޮޕަރޭޝަންސްގެ އިސް ވެރިޔަކު ވިދާޅުވި އެވެ.
އެ ދެ އޮޕަރޭޝަންގައި އަތުލައިގެންފައި ވަނީ ރެކޯޑް އަދަދެއްގެ މަސްތުވާތަކެއްޗެވެ. އެ ދެ ފަހަރު އަތުލައިގަތް މަސްތުވާތަކެތި ވެސް ހުރީ ރަނގަޅު ޕެކިންއެއްގައި ބަންދުކޮށް، ލޭބަލް ވެސް ޖަހާފަ އެވެ. ޕާކިސްތާނުގައި އެކަން ކުރަނީ ފެކްޓްރީ ހަދައިގެން ފުޅާ ދާއިރާއެއްގަ އެވެ.
ރާއްޖެ، އިންޑިއާ އަދި ސްރީ ލަންކާއަށް އެކަހަލަ ބޯޓުފަހަރުން މަސްތުވާތަކެތި އެތެރެކުރާއިރު އެ ގައުމުތަކުގެ ސިފައިން އަންނަނީ ކަނޑު ސަރަހައްދު މޮނީޓަކުރަމުންނެވެ. ޕެޓްރޯލް ކޮށްގެންނާއި ރާޑަރު ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އޭގެ ތެރެއިން އެންމެ ރަނގަޅަށް އެކަން ކުރަނީ އިންޑިއާއިންނެވެ. އެހެންކަމުން އެގައުމަށް އެ ރޫޓުން މަސްތުވާތަކެތި އެތެރެކުރަން ބޮޑެތި ދަތިތަކެއް ދިމާވެ އެވެ.
އެއާ ހިލާފަށް ރާއްޖެ އާއި ލަންކާއަށް ކަނޑުގެ ސަރަހައްދު ރަނގަޅަށް މޮނީޓާ ކުރުމުގެ އެންމެ ފުރިހަމަ ގާބިލްކަން ލިބިފައި ނެތުމުން އެރޫޓުން މަސްތުވާތަކެތި އެތެރެކުރެ އެވެ.
"އަޅުގަނޑުމެންގެ ނެތް އެވަރުގެ ގާބިލް ކަމެއް. އަދި ބޯޓެއް ރާޑަރުން ފެނުމުން އެބޯޓް ބަލައި ފާސްކުރަން ދުއްވާ ހަދަން އަޅުގަނޑުމެންނަށް ހަރަދު ބޮޑު. ގިނައިން މި އަތުލައިގަނެވެނީ ކުރިއާލާ މައުލޫމާތު ލިބުމުން ހިންގާ އޮޕަރޭޝަންތަކުން،" ކަމާ ބެހޭ އިދާރާއެއްގެ ވެރިޔަކު ވިދާޅުވި އެވެ.
ތުރާކުނު ބޭރަކީ ގިނަ އަދަދެއްގެ ދިވެހި ކަންނެލި ދޯނި ފަހަރު ވެސް މަހަށް ގޮސް އުޅޭ ސަރަހައްދަކަށް ވުމުން އެފަދަ ބޯޓެއް ފެނިއްޖެ ނަމަ ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓްކުރެ އެވެ. ހާއްސަކޮށް އީރާނުގެ ބޯޓްފަހަރަށް ސަމާލުވާން އެދެ އެވެ. އެފަދަ ބޯޓަކާ ކައިރިއަށް ދިވެހި އުޅަނދެއް ގާތްކުރާ ތަން ފެނިއްޖެ ނަމަ ލަސްނުކޮށް، ކަމާ ބެހޭ ފަރާތްތަކަށް އަންގަން އެދެ އެވެ.
ކަނޑު މަގުން ރާއްޖެ އަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ ކަން އަބަދުވެސް އެނގެ އެވެ. ހއ. އަތޮޅުން މި ފެނުނީ އޭގެ އެންމެ ފަހު ހެއްކެވެ.
އީރާނުގެ ބޯޓުގެ ދަލެއްގެ ތެރެއިން ޑްރަގް ފެނިއްޖެ
އީރާނުގެ ބޯޓުން 115 ކިލޯގެ މަސްތުވާތަކެތި ފެނުނު
އީރާނުގެ ބޯޓު މައްސަލާގައި ފުލުހުން އަދިވެސް ހިމޭނުން!
އުރުނު ބޯޓުގައި ހުރި މަސްތުވާތަކެތި ރަށްތަކަށް ލައްގަނީ
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ދޯންޏެއްގައި ދަތުރުކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި
އީރާނު ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
ރާއްޖެއަށް ޑްރަގް ގެނައި އީރާނުގެ ބޯޓެއް އަތުލައިގެންފި
ދެ ފުލުހުންނާއި ސިފައިންގެ މީހާގެ ބަންދަށް ހަ ދުވަސް
ބައެއް ގެތައް ފާސްކޮށް މީހުން ހައްޔަރުކުރަނީ!