22 މެއި 2019
ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއް ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވައިގެން ނިންމާފައި ނުވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެއްޖެ އެވެ.
ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއް ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވައިގެން ނިންމާފައި ނުވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެއްޖެ އެވެ.
ޖީއެމްއާރުން ދައުލަތަށް ޓެކްސް ދެއްކުމުގެ މައްސަލާގައި، އެ ޓެކްސް ޖީއެމްއާރުން ދައްކަން ނުޖެހޭނެ ކަމަށް ރިފްއަތު ގާނޫނީ ލަފާ ދެއްވިތޯ ވިދާޅުވެ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ސުވާލު އުފައްދަވައިފަ އެވެ. އުޝާމް ވިދާޅުވެފައިވާ ގޮތުގައި ރިފްއަތަކީ ޖީއެމްއާރުގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އެކަމާ ގުޅިގެން ރިފްއަތު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއްގައި ނިންމުމެއް ނިންމަވާފައި ނުވާނެ ކަމަށެވެ. އަދި މަސްލަހަތު ފުށުއަރާ އެއްވެސް ކަމަކަށް އޭނާ ޖާގަ ނުދެއްވާނެ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.
"ދައުލަތުގެ މަސްލަހަތު އިސްކުރަން. އަދި މަސްލަހަތު ފުށުއެރުމަކަށް ޖާގައެއް ނުދެން. މަސައްކަތް ކުރަނީ ހައްގުތަކުގެ ދިފާއުގައި. އަޅުގަނޑުމެން ވައުދުވީ ހާމަކަމާ އެކު އިންސާފު ކަށަވަރުކުރަން،" ރިފްއަތުގެ ޓްވީޓްގައިވެ އެވެ.
އޭ.ޖީ.ގެ މަޤާމުގައި ހުރެ ޖީ.އެމް.އާރު.އާގުޅޭގޮތުން އެއްވެސް ކަމެއް އަޅުގަނޑު ނިންމާފައެއް ނުވާނެ.ދައުލަތުގެ މަޞްލަޙަތު އިސްކުރަން. އަދި މަޞްލަޙަތު ފުށުއެރުމަކަށް ޖާގައެއް ނުދެން.މަސައްކަތްކުރަނީ ޙައްޤުތަކުގެ ދިފާޢުގައި.އަޅުގަނޑުމެން ވަޢުދުވީ ހާމަކަމާއެކު އިންޞާފު ކަށަވަރުކުރަން.
— I.Riffath (@ibriffath) May 22, 2019
ރިފްއަތުގެ ޓްވީޓް
ޖީއެމްއާރާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި އެވެ. އެ ފައިސާ ދައުލަތުން ދައްކާފައި ވަނިކޮށް މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ޖީއެމްއާރުން ދައުލަތަށް 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު (300 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް އަންގައިފަ އެވެ.
ޖީއެމްއާރުގެ ޓެކްސް: މިއީ ކިހިނެއް ވާ ކަމެއް؟
ޖީއެމްއާރުގެ މައްސަލައިގައި އުޝާމްގެ ސުވާލެއް ރިފްއަތަށް
ޖީއެމްއާރުގެ ޓެކްސް ދައްކަން ޖެހޭނީ ސަރުކާރުން: އޭޖީ
ރިފްއަަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދޭން ގޮވާލައިފި
މީރާއަށް ހުރިހާ ފައިސާއެއް ދައްކަންޖެހޭ ގޮތް ހަދަނީ
ވަކި ކަމެއް މި ސަރުކާރުން ނުކުރަން ނޭންގޭނެ: ރިފްއަތު
ޔާމީންގެ މައްސަލައަށް އޭޖީ ތަދައްހުލް ކުރުވައިފި
ޖޭއެސްސީއަށް ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު
ޖޭއެސްސީން ތިން މެންބަރަކު އުނިކުރަން މަޖިލީހަށް
ޓީޗިން ލައިސަންސް ގަވައިދަށް ދެ ފަހަރަކު ލަފާ ދިނިން