25 މެއި 2019
އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މި ވަގުތު ދިމާވެފައިވާ އެންމެ ދައްޗަކީ އިމާރާތް ބާވުމުގެ މައްސަލަ އާއި ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުގެ މައްސަލަ ކަމަށް އެ ހޮސްޕިޓަލް ހިންގެވުމާ އަލަށް ހަވާލުވެވައިގަތް އަހުމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މި ވަގުތު ދިމާވެފައިވާ އެންމެ ދައްޗަކީ އިމާރާތް ބާވުމުގެ މައްސަލަ އާއި ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުގެ މައްސަލަ ކަމަށް އެ ހޮސްޕިޓަލް ހިންގެވުމާ އަލަށް ހަވާލުވެވައިގަތް އަހުމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ ހިންގެވުމުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އަދި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ވަހީދު "މިހާރު" އަށް ވިދާޅުވީ އަމާޒަކީ މި ވަގުތުން މި ވަގުތަށް ހޮސްޕިޓަލުގެ ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ނައްތައިލަން ކަމަށެވެ.
"އެގޮތުން ޑޮކްޓަރުންގެ ދަތިކަން ކުރިމަތި ނުވެ ހިދުމަތް ދިނުމާއި އިދާރީ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އިމާރާތުގައި ހުރި ދަތިތައް ހައްލުކޮށްގެން ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން ޓާގެޓަކީ،" އޭނާ ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި އޭނާ އެޗްއާރްއެޗާ ހަވާލުވެވަޑައިގަތީ އެތަނާ ގުޅޭ ގޮތުން ހޮސްޕިޓަލްގެ މުވައްޒަފުންނާއި އައްޑޫ ރައްޔިތުންގެ ވެސް ވަރަށް ބޮޑު ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅެއްގަ އެވެ. އެހެންވެ ހުރިހާ އެންމެންގެ ވެސް އަޑު އަހައިގެން، ހިދުމަތްތައް ރަނގަޅު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މެނޭޖްމަންޓް ކުރާނެ ކަމަށް ވިދާޅުވި އެވެ.
HRH hingumaa havaaluvevadaigennevi Ahmed Waheed miadhu Councillaa bahdhalukurahva HRH ge kankan hin'gamudhaa gothai gulhey gothun mashvarakurahvaifi. Councilun vany hospitalaai sihhee marukazuthakugai harukurumah 16 AC dhinumah nimmavaafai | https://t.co/SdV7GKoBcM pic.twitter.com/MT8SsWl4ZA
— Addu City Council (@AdduCityCouncil) May 23, 2019
"އެކަމަކު ވަގުތު ނަގާނެ. އަޅުގަނޑު ހަމަ ބަލާނީ ރަނގަޅު ކުރަން ހުރި ކަންކަން ވީހާ ވެސް އަވަހަށް ރަނގަޅު ކުރެވޭތޯ. އަދި ރައްޔިތުންގެ އިތުބާރު ކުރާ ވަރުގެ ހިދުމަތް ލިބޭ އަދި ރައްޔިތުންގެ ހިތްހަމަޖެހޭ ކަހަލަ ތަނަކަށް ހޮސްޕިޓަލް ހެދޭތޯ،" ވަހީދު ވިދާޅުވި އެވެ.
"މި ވަގުތު ހޮސްޕިޓަލަށް ވަރަށް ބޮޑަށް މުވައްޒަފުންގެ ދަތިކަން ހުރުމާ އެކު، މިހާރު ތިބި މުވައްޒަފުންގެ ވޯކްލޯޑް ބޮޑުވުމުގެ ޝަކުވާ މުވައްޒަފުންގެ ތެރޭގައި ބޮޑު. އެހެންވީމާ އެއީ ވެސް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމެއް."
އައްޑޫގައި މިހާރު ހަދަމުން އަންނަ އާ ހޮސްޕިޓަލާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެތަނުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ތަނަށް ބޭނުންވާ ތަކެތި އިންސްޓޯލް ކުރެވުނުހާ އަވަހަކަށް ހިދުމަތް ދޭން ފެށުމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް އުންމީދު ކުރެވޭ މި އަހަރުގެ ތެރޭގައި އާ ހޮސްޕިޓަލް ބޭނުން ކުރަން ފެށޭނެ ކަމަށް،" ވަހީދު ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި އެޗްއާރްއެޗާ ހަވާލުވެވަޑައިގަތުމަށް ފަހު، ވަހީދު ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ބުރާސްފަތި ދުވަހު ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ ހޮސްޕިޓަލަށް 16 އޭސީ ހަދިޔާ ކުރަން ކައުންސިލުން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ވަހީދު ވިދާޅުވި ގޮތުގައި އެ ތަކެއްޗާ މިއަދު ހަވާލުވާން ކައުންސިލުން ވަނީ ހޮސްޕިޓަލަށް އަންގައިފަ އެވެ.
"އެ އޭސީތައް މިހާރު އެންމެ ބޮޑަށް ބޭނުން ޖެހިފައި ހުރި ޑިޕާޓްމަންޓްތަކުގައި ބޭނުން ކުރާނީ،" އޭނާ ވިދާޅުވި އެވެ.
އައްޑޫ އާ ހޮސްޕިޓަލުން ހިދުމަތް ދޭން ފަށައިފި
އައްޑޫގައި ސީ އެމްބިއުލާންސްގެ ހިދުމަތް ހުއްޓިފައި
އައްޑޫ އާ ހޮސްޕިޓަލް އޮގަސްޓްގައި ހުޅުވޭތޯ ބަލަނީ
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
އެޗްއާރްއެޗްގެ ހުރިހާ ހިދުމަތްތަކެއް އައްޑޫ އާ ހޮސްޕިޓަލަށް
ޑައިލިސިސް ހެދުން އައްޑޫ އާ ހޮސްޕިޓަލަށް ބަދަލުކޮށްފި
އާ ހޮސްޕިޓަލް ހުޅުވައި ރީޖަނަލް ހޮސްޕިޓަލް އުވާލަނީ
އައްޑޫ އާ ހޮސްޕިޓަލްގެ ޚިދުމަތް ފެށުން ފަސްކޮށްފި
އައްޑޫ އާ ހޮސްޕިޓަލް ހުޅުވުން އަންނަ ހަފުތާގައި
މީހެއްގެ ބަނޑަށް ކުއްޖަކު މަރުވި މައްސަލައެއް ބަލަނީ