26 މެއި 2019
ކޮމިއުނިކޭޝަން އޮތޯރިޓީ އަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް އެތަނުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީ އަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް އެތަނުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ ކޮމިއުނިކޭޝަން އޮތޯރިޓީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފީ އާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ގަވައިދާ އެއްގޮތަށް ބަލަހައްޓަމުންނެއް ނުދެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކޮމިއުނިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެކި ހުއްދަތަކާއި ލައިސަންސް ފީ އަދި އަދި ޖޫރިމަނާ ފައިސާ ނަގާފައި ހުންނަނީ، ހިނގާ އަހަރުގެ ލައިސެންސް ފީ ދެއްކުމަށް އެއޮތޯރިޓީ އަށް އައުމުންނެވެ. އޭގެ ކުރިން ފީ އާއި ޖޫރިމަނާ ފައިސާ ހޯދުމަށް މާބޮޑު މަަސައްކަތެއް ކޮށްފައި ނުހުންނަ ކަމަށް ރިޕޯޓްގައިވެ އެވެ.
މިދިޔަ އަހަރުގެ ނިޔަލަށް 31،000 ޓްރާންސްމިޓިން ލައިސަންސާއި 1،700 ޝިޕް ސްޓޭޝަން ލައިސަންސް ދޫކޮށްފައިވާ އިރު މި ލައިސަންސްތަކުގެ ތެރެއިން މިދިޔަ އަހަރާ ހަމަޔަށް ލިބެން ޖެހެނީ ކިހާ މިންވަރެއްކަން އެނގެން ނެތް ކަމަށް ވެސް އޮޑިޓުން ހާމަވި އެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީން ދޫކުރާ ލައިސަންސްތައް ދޫކުރަނީ އެއް އަހަރުގެ މުއްދަތަކަށެވެ. އެއް އަހަރު ވުމަށް ފަހު ލައިސަންސް ބާތިލްކުރާނެ އެވެ. އަދި ލައިސަންސް އާ ކޮށްދޭނީ، އޭގެ ކުރީ އަހަރުގެ ފީ އާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ.
ކޮމިއުނިކޭޝަނުން ބުނެފައިވަނީ، މި ލައިސަންސް ތަކަކީ ކޮންމެ އަހަރު އާކުރުމަށް އެދުމުން އާކޮށްދޭ ލައިސަންސްތަކެއް ކަމުން މިއީ ލިބެންޖެހޭ ފައިސާއެއް ކަމަށް ބަލައިގެން އެފައިސާ ހޯދުމުގެ މަސައްކަތް ކުރަންޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ނަމަވެސް އޮޑިޓް އޮފީހުން ބުނެފައިވަނީ ބާތިލްވެފައިވާ ލައިސަންސްތަކަށް ހުއްދަ ދިނުމުގައި ފާއިތުވެދިޔަ އަހަރުގެ ފީ ނަގާ ނަމަ ކޮންމެ އަހަރެއްގެ މައްޗަށް ލިބެންޖެހޭ ފައިސާ ހިސާބުކޮށް މާލީ ބަޔާނުގެ އިތުރު މައުލޫމާތުތަކުގެ ގޮތުގައި އެފައިސާ ހިމަނަންވާނެ ކަމަށެވެ.
ޕޯން ސައިޓްތައް އަންނަ ހަފްތާގައި މުޅިން ބަންދުކުރެވޭނެ
މޮބައިލް އިންޓަނެޓުގެ އާ އަގުތައް ހުކުރު ދުވަހު
އިންޓަނެޓް ހެޔޮކުރީ އާ އޮޕަރޭޓަރުން ނުގެންނަގޮތަށް
މިއީ ތާރީހީ ދުވަހެއް: މިނިސްޓަރު
ޖުލައި 1 އިން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަނީ
މަބްރޫކް ދައްކަވަނީ ހިޔާލީ ވާހަކައެއް: މަލީހު
ޓެލެކޮމް ހިދުމަތް ދެނީ ގެއްލުންވާ ގޮތަށް: ބޮންޑޭ
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
އޮޑިޓަށް ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގުކުރަނީ