Roadha Mihaaru
ވަންޕްލަސް 7 ޕްރޮ އަކީ ފެން ނުވަންނަ ފޯނެއްތަ؟

ވަންޕްލަސް 7 ޕްރޮ އަކީ ފެން ނުވަންނަ ފޯނެއްތަ؟

28 މެއި 2019

ވަންޕްލަސް 7 ޕްރޮ އަކީ "ވޯޓާޕްރޫފް" ނުވަތަ ފެން ނުވަނަ ފޯނެއް ކަމަށް ރަސްމީ ލިޔުންތަކުގައި ބުނެފައެއް ނުވެ އެވެ. މި ފޯނަށް "އައިޕީ ރޭޓިން" އެއް ވެސް ދީފައެއް ނުވެ އެވެ. ނަމަވެސް، ފޯނުތައް ރޫޅައި، ހާވައި ބަލާ މީހުން ބުނާ ގޮތުގައި، ވަންޕްލަސް އަކީ ފެންނަ ނުވަންނަ ފޯނެކެވެ. ޔޫޓިއުބްގައި މަޝްހޫރު "ޖެރީރިގްއެވްރީތިންގް" ވަނީ މިކަން ކަށަވަރުކޮށްފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ރީތި ފޯނެއް ތަޅައި ޗިސްކުރާތަން ބެލުމަކީ، އެއީ ދިރޭ އެއްޗަކަށް ނުވި ނަމަވެސް، ހިތަށް އުނދަގޫ ކަމެކެވެ. ފޯނެއް ރޫޅައި، އުފައްދާފައި ހުރި ގޮތް ބަލައި އަދި ފޮޓޯތައް ހަވަރަށް ދިނުމަކީ "ޖެރީރިގްއެވްރީތިންގް" ކަހަލަ މީހުންނަށް އެއްވެސް ކަމަކަށް ނުވެ އެވެ.

ވަންޕްލަސް 7 ޕްރޮ ރޫޅަމުން ދިޔައިރު، އެ ފޯނު އުފެއްދުމުގައި ބޭނުންކޮށްފައި ހުރި އުކުޅުތަކަށް، "ޖެރީރިގްއެވްރީތިންގް" މާ ބޮޑު ތައުރީފެއް ނުކުރި ނަމަވެސް، ރޫޅަން ފަސޭހަ ފޯނަކަށް ވާތީ ވަނީ ވަރަށް ބޮޑަށް ރުހިފަ އެވެ. އަދި ބެޓެރީ ނައްޓާލުމަށް ކުރަންޖެހޭ މަސައްކަތްތައް ލުއިކަން ވަނީ ފާހަގަކޮށްފަ އެވެ.

ވަންޕްލަސް 7 ޕްރޮގެ ބައިތައް ރޫޅައި ވަކިކުރަމުން ދިޔައިރު، ކޮންމެ ބައެއް ވެސް ވަނީ ފެން ނުވަންނާނެ ގޮތަށް، ރަބަރު ފަށަލައަކުން ބައްދާފައި ކަމަށް "ޖެރީރިގްއެވްރީތިންގް" ބުނެ އެވެ. އެހެންކަމުން، ވަންޕްލަސް 7 ޕްރޮ އަށް ފެން ނުވަންނަކަން ރަސްމީ ލިޔުންތަކުގައި ނެތް ނަމަވެސް، ވަންޕްލަސް 7 ޕްރޮ އަށް ފެން ވަދެދާނެތީ ބިރުނުގަތުމަށް އޭނާ ބުނެ އެވެ.

ސްމާޓްފޯންތަކަށް ރަސްމީ އައިޕީ ރޭޓިން ދީފައި ނެތް ނަމަ، ބޭނުންކުރުމުގައި، ފެނުން ލިބޭ ގެއްލުމަކަށް، އެ ފޯނެއް އުފެއްދި ކުންފުންޏަކުން ޒިންމާއެއް ނުވާނެ އެވެ. އެހެންކަމުން، ވަންޕްލަސް 7 ޕްރޮ އަށް ފެންވަދެ ގެއްލުމެއް ލިބުނު ނަމަވެސް، ވަންޕްލަސްއިން ޒިންމާއެއް ނުވާނެ އެވެ.

މިއީ ވަންޕްލަސްއިން ވަރަށް މޮޅަށް ކުޅެފައި އޮތް ކުޅުމެކެވެ. ފެން ނުވަންނަ ފޯނެއް ގޮތުގައި ލިސްޓްކުރުމަށް ޚަރަދުނުކޮށް، ފެންނުވަންނަ ފެންވަރަށް ފޯނު އުފައްދާފައި ވަނީ ކުންުނުންޏަށް އަދި ބޭނުންކުރާ މީހުންނަށް ވެސް މޮޅަކަށް ކަމަށް ބެލެވެ އެވެ.