Roadha Mihaaru
ވަންޕްލަސް ފޯނުތަކުގެ ކެމެރާ ނުފެންނަ ގޮތް ހަދަނީ

ވަންޕްލަސް ފޯނުތަކުގެ ކެމެރާ ނުފެންނަ ގޮތް ހަދަނީ

17 ޖެނުއަރީ 2020

ވަންޕްލަސް ފޯނުތަކުގައި "އިންވިސިބްލް ކެމެރާ ޓެކްނޮލޮޖީ" ގާއިމުކުރަނީ އެވެ. މިއީ ފޯނުތަކުގެ ފަހަތަށް އިތުރުކުރާ ކެމެރާތަކުގެ ސަބަބުން ޑިޒައިން ހުތުރުވަމުން ދާތީ ކުރާ ދިރާސާއެކެވެ. އާންމުންގެ އަތަށް މި ޓެކްނޮލޮޖީ އަދި ދޫކޮށްލެވޭ ވަރަށް ވުރެ ޅަ ނަމަވެސް، މި އަހަރުގެ ތެރޭގައި މާކެޓަށް ނެރެވޭނެ ކަމަށް ބުނެވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވަންޕްލަސް އިން ކެމެރާތައް ލޮލަށްް ގެއްލުވާލުމަށް ބޭނުންކުރަނީ "އިލެކްޓްރޮކްރޯމިކް" ބިއްލޫރި އެވެ. މިއީ ކެމެރާ މަތީގައި އަޅާފައި އޮންނަ ބިއްލޫރި ފަށަލަ އަށް ކަރަންޓް ދިމުނުން ބިއްލޫރި އަށް އަންނަ ބަދަލެކެވެ. ލޮލުގައި އަޅާ އައިނަށް، އަލި އެޅުމުން ބިއްލޫރި ލެންސް އަނދިރި ވަނީ ވެސް މި ފަދަ ގޮތަށެވެ. އައިނުގެ ކުލަ ބަދަވުމަށް ކިޔަނީ "ފޮޓޯކްރޯމިކް" އެވެ.

ފޯނުތަކުގައި އިންވިސިބްލް ކެމެރާ ޓެކްނޮލޮޖީ ބޭނުންހިފުމުން، ކެމެރާ މަތީގައި އޮންނަ ބިއްލޫރި ފަށަލަ، އަޑި ނުފެންނަ ވަރަށް އަނދިރިވެ އެވެ. ނަމަވެސް، ބިއްލޫރި އަށް ދީފައި ހުންނަ ކަރަންޓް މެދުކަނޑާލުމުން، ކެމެރާތައް ފާޅުވެ ބޭނުންހިފުމަށް ތައްޔާރުވެ އެވެ.

ވަންޕްލަސް ފޯނުތަކުގެ ކެމެރާތަައް ގެއްލުވާލަން އެދޭ ސަބަބެއް ކަމަށް އެ ކުންފުނިން ބުނީ އެއީ ކެމެރާތަކުގެ ސަބަބުން މުޅި ފޯނު ހުތުރުވާތީ ކަމަށެވެ. "އިލެކްޓްރޮކްރޯމިކް" ބިއްލޫރީގެ އެހީގައި، ފޯނުތެ ފަހަތް އަދި ކުރި މަތި، ރީތި ސިފަތަކަށް ޑިޒައިންކުރުމަށް ފުރުސަތުލިބޭނެ ކަމަށް އެ މީހުން ދެކެ އެވެ.

ވަންޕްލަސް އިން އިންވިސިބްލް ކެމެރާ ޓެކްނޮލޮޖީ ތައާފުރުކޮށް ދައްކާފައި ވި ނަމަވެސް، މި އަހަރުގެ ފަހު ކޮޅު ނޫނީ ފޯނުތަކާ ހަމަ އަށް ނުގެނެވޭނެ ކަމަށް ބުނެވެ އެވެ. އެއީ ޓެކްނޮލޮޖީ ޓެސްޓްކުރަން ވަގުތު ބޭނުންވާނެތީ އެވެ. އެެހެންކަމުން ބެލެވެނީ، މި ޓެކްނޮލޮޖީ އެންމެ އަވަހަށް ވެސް ބޭނުންހިފޭ ވަރު ވާނީ ވަންޕްލަސް 8ޓީ އާ ހިސާބުންނެވެ. އެންމެ ކަށަވަރު ގޮތަކީ ވަންޕްލަސް 9 އެވެ.