Roadha Mihaaru
"ވަންޕްލަސް އެކްސް" އަލުން މާކެޓަށް

"ވަންޕްލަސް އެކްސް" އަލުން މާކެޓަށް އެކަމަކު އެހެން ނަމެއްގައި

31 މާޗް 2020

"ވަންޕްލަސް" އަދި މާ ބޮޑު ކުންފުންޏަކަށް ނުވާއިރު، 2015 ގައި، "ވަންޕްލަސް އެކްސް"ގެ ނަމުގައި ފޯނެއް ނެރުނެވެ. ވަންޕްލަސް އެކްސް އަދި ވެސް ބައެއް މީހުން އެބަ ބޭނުންކުރެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

"ވަންޕްލަސް" އަދި މާ ބޮޑު ކުންފުންޏަކަށް ނުވާއިރު، 2015 ގައި، "ވަންޕްލަސް އެކްސް"ގެ ނަމުގައި ފޯނެއް ނެރުނެވެ. ވަންޕްލަސް އެކްސް އަދި ވެސް ބައެއް މީހުން އެބަ ބޭނުންކުރެ އެވެ.

"ވަންޕްލަސް އެކްސް" ވެގެން ދިޔައީ، އޭގެ ކުރިން ބަޔަކު ހީކޮށްފައި ނެތް ވަރުގެ ކާމިޔާބު ފޯނަކަށެވެ. މާކެޓް ދަރަޖަ މެދު ފަންތި އަށް ނިސްބަތްކުރެވުނު ނަމަވެސް އެއީ ބާރުގަދަ ފޯނެކެވެ. އެހައި ރީތި، ލުއި އަދި ބޭނުންކުރަން ފަސޭހަ ފޯނަކަށެވެ.

ވަންޕްލަސް އިން، ވަންޕްލަސް އެކްސް އަލުން މާކެޓަށް ނެރޭ ވާހަކަ އެބަ ދެކެވެ އެވެ. މި ފަހަރު އެކަމަކު އެހެން ނަމެއްގަ އެވެ. "ވަންޕްލަސް ޒީ" ކަމަށް ވެސް ބުނެވެ އެވެ. އެއީ "ވަންޕްލަސް 8 ލައިޓް" ކަމަށް ވެސް ބުނެވެ އެވެ.

"ވަންޕްލަސް އެކްސް"އާ އެއްފަދަ ކުރުމަށް ނެރޭ ފޯނަކީ "ވަންޕްލަސް ޒީ" ކަމަށް ވި ނަމަވެސް، އެ ކުންފުނިން ކުރާ އުންމީދަކީ، މީހުން ބަލައިގަންނަ ފޯނަކަށް ވުމެވެ.

މި ޒަމާނަށް ފެތޭ ގޮތަށް އަދި ސަޕޯޓަރުން ބަލައިގަންނަ ގޮތަށް އަގު ހެޔޮ ފޯނެއް ނެރުނު ނަމަވެސް، ވާންޖެހޭނީ ލޮލަށް މުއްސަނދި ފޯނަކަށެވެ. ސްކްރީން ބޮޑު، ލޯވަޅު ކެމެރާ ގަދަފަދަ ބެޓެރީއެއް ވެސް ހިމަނަން ޖެހެ އެވެ. މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު، ވަންޕްލަސް ޒީ ގައި މި ހުރިހާ ސިފަތަކެއް ހުންނާނެ ކަމަށް ވެ އެވެ.

ވަންޕްލަސް އެކްސް މަރުކާ އަލުން އެހެން ނަމެއްގައި މާކެޓަށް ނެރުނު ނަމަވެސް، ބޭނުންކުރާ މީހުންނަށް މާނައެއް ދޭހަވާނީ ފޯނުގެ އަގުން ބުނެދޭ އެއްޗެކެވެ. "ވަންޕްލަސް އެކްސް"އާ އެއްފަދަކުރަން އެދޭ ނަމަ ފުރަތަމަ ޝަރުތަކީ ފޯނުގެ އަގެވެ.