Roadha Mihaaru
"އެންމެންގެ ރޯދަ ސޭލް" ގެ ފަސް ވަނަ ސައިކަލް ދީފި

"އެންމެންގެ ރޯދަ ސޭލް" ގެ ފަސް ވަނަ ސައިކަލް ދީފި

29 މެއި 2019

"އެންމެންގެ ރޯދަ ސޭލް" ގެ ނަމުގައި އޭސްހާޑްވެއާ އާއި ކަލަ ބޭންކުން ކުރިއަށް ގެންދާ، ކޮންމެ 10 ދުވަހަކުން ސައިކަލެއްދޭ ޕްރޮމޯޝަންގެ ހަތަރު ވަނަ އާއި ފަސް ވަނަ ނަސީބުވެރި ފަރާތް އިއުލާންކޮށް ސައިކަލު ހަވާލުކޮށްފިއެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"އެންމެންގެ ރޯދަ ސޭލް" ގެ ނަމުގައި އޭސްހާޑްވެއާ އާއި ކަލަ ބޭންކުން ކުރިއަށް ގެންދާ، ކޮންމެ 10 ދުވަހަކުން ސައިކަލެއްދޭ ޕްރޮމޯޝަންގެ ހަތަރު ވަނަ އާއި ފަސް ވަނަ ނަސީބުވެރި ފަރާތް އިއުލާންކޮށް ސައިކަލު ހަވާލުކޮށްފިއެވެ.

މި ދެ ނަސީބުވެރިންނަކީ ތޮލްހަތް ހުސޭނާއި މުހައްމަދު ޝުއާކް އެވެ.

މި ޕްރޮމޯޝަނަށް 30 ދުވަސް ވެފައިވާ އިރު ފަސް މީހަކަށް މިހާތަނަށް ވަނީ ސައިކަލް ހަވާލުކޮށްފަ އެވެ. މި ޕްރޮމޯޝަންގެ އެންމެ ފަހު ސައިކަލުގެ ނަސީބުވެރި ފަރާތް ހޮވުން އޮންނާނީ މާދަމާ އެވެ.

ރޯދަ ޕްރޮމޯޝަން ނިމުމަކަށް އައި ކަމުގައި ވިޔަސް، އޭސް ހާޑްވެއާ އިން ބުނީ އީދާ ގުޅުވައިގެން ވެސް ވަރަށް ގިނަ ބާވަތްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ބޮޑު ޑިސްކައުންތަކަކާއެކު ފެށި މި ޕްރޮމޯޝަން ޝޯޝަލް މީޑިއާގައި ވެސް ކުރިއަށްދެ އެވެ. ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދޭ އިނާމުތަކުގެ ތެރޭގައި މެލޭޝިއާ ދެކޮޅު ޓިކެޓާއި ހިލޭ ރިސޯޓް ދަތުރުގެ އިތުރުން ކޮންމެ ހަފުތާ އަކު ދެ މީހަކަށް ރޯދަ ވީއްލުން ހިމެނެ އެވެ.

އަގުހުރި އިނާމްތަކެއް ލިބޭ މި ޕްރޮމޯޝަން ކުރިޔަށް ދާނީ 1 އޭޕްރިލް އިން 5 ޖޫންގެ ނިޔަލަށެވެ.